[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުބޭކަލުން މީސްތަކުންނަށް ޚިދުމަތްކުރެއްވި ގޮތް 1

މީސްތަކުންނަށް ނަފާވަނިވި ކަންތައްތައްކުރުމާއި އެބައިމީހުންނަށް ދިމާވެފައިވާ އުނދަގޫތައް ދުރުކޮށްދިނުމަށް މަސައްކަތްކުރުމަކީ ނަބިއްޔުންނާއި ރަސޫލުންގެ ގޮތެވެ. މިކަމުގައި އެންމެ ކުރިއަރާފައިވަނީ ރަސޫލުންނެވެ. ޔޫސުފު عليه السلام އާ މެދު އެކަލޭގެފާނުގެ އަޚުން އިހާނެތިކޮށް ހިތުމުންވެސް އެބޭކަލުން ބޭނުންވި ސާމާނުތައް ދެއްވައި ތައްޔާރުކޮށްދެއްވިއެވެ.

އަދި މޫސާ عليه السلام މަދުޔަނުގެ ފެންވަޅުގެ ކައިރިއަށް ވަޑައިގެންނެވިހިނދު، މީސްތަކުންގެ ތެރެއިން ގިނަބަޔަކު (އެއުރެންގެ ޖަނަވާރުތަކަށް) ފެންދެނިކޮށް އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ. އަދި އެއުރެންނާ ތަންކޮޅެއް ދުރުގައި ދެއަންހެނަކު ނިކަމެތިވެފައި ވަނިކޮށް ދެކެވަޑައިގެންނެވިއެވެ. ފަހެ، އެކަލޭގެފާނު އެވަޅުގެ މަތީގައި އޮތް ހިލަ ނެންގެވުމަށްފަހު (އެ ދެ އަންހެނުންގެ ޖަނަވާރުތަކަށްޓަކައި) އެ ދެ އަންހެނުންނަށް ފެންދެއްވިއެވެ.

އަދި މޫސާ عليه السلام، އެކަލޭގެފާނުގެ އަޚާ ހާރޫނު عليه السلام ނަބިއްޔެއްކަމުގައި ލެއްވުމަށްޓަކައި ﷲ ގެ ޙަޟްރަތުގައި ޝަފާޢަތްތެރިވެވަޑައިގެންނެވިއެވެ. ފަހެ ވިދާޅުވިއެވެ.

﴿وَاجْعَل لِّي وَزِيرًا مِّنْ أَهْلِي﴾ [سورة طه ٢٩]

މާނައީ: “އަދި ތިމަންކަލޭގެފާނުގެ އަހުލުވެރިންގެ ތެރެއިން ވާގިވެރިޔަކު ތިމަންކަލޭގެފާނަށް ލައްވާނދޭވެ.”

އިބްނު ކަޘީރު رحمه الله އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވިއެވެ.

“ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވިއެވެ. މޫސާގެފާނު ކޮށްދެއްވިވަރުގެ ހެޔޮ ކަމެއް، މީހަކު އެމީހެއްގެ އަޚަކަށް ކޮށްދީފައެއް ނުވެއެވެ. މޫސާގެފާނު އެކަލޭގެފާނަށްޓަކައި ޝަފާޢަތްތެރިވެވަޑައިގެންނެވުމުން ﷲ ތަޢާލާވަނީ އެކަލޭގެފާނާއެކު (ހާރޫނުގެފާނު) ނަބިއްޔެއް އަދި ރަސޫލެއްކަމުގައި ލައްވައި ފިރުޢައުނާއި އޭނާގެ ބޮޑުންގެ ގާތަށް ފޮނުވާފައެވެ. އެހެންކަމުން މޫސާގެފާނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَكَانَ عِندَ اللَّـهِ وَجِيهًا﴾ [سورة الأحزاب ٦٩

މާނައީ: ” އަދި ﷲގެ ޙަޟްރަތުގައި އެކަލޭގެފާނު، ޤަދަރު އުފުލިގެންވާ ބޭކަލަކު ކަމުގައި ވިއެވެ.” ” [1]

 

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް

 

[1] تفسير ابن كثير (3/389).