[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުބޭކަލުން މީސްތަކުންނަށް ޚިދުމަތްކުރެއްވި ގޮތް 2

ނަބިއްޔާ صلى الله عليه وسلم ސިފަކުރައްވަމުން ޚަދީޖާ رضي الله عنها ވިދާޅުވިއެވެ.

“ހަމަކަށަވަރުން ކަލޭގެފާނަކީ ރަޙިމުގެ ގުޅުން ޤާއިމުކުރައްވާ، ދަތިވެފައިވާ މީހުންނަށް އެހީތެރިވެދެއްވާ، ނިކަމެތިންނަށް ފޭރާން ދެއްވާ، މެހެމާނުންނަށް ކަމޭހިއްތަވާ އަދި މީސްތަކުންނަށް ދިމާވާ ބޮޑެތި ކަންކަމުގައި އެހީތެރިވެދެއްވާ ބޭކަލެކެވެ.”

ނަބިއްޔާ صلى الله عليه وسلم އަރިހުގައި މީހަކު ކަމަކު އެދިއްޖެނަމަ އެމީހަކަށް އެކަލޭގެފާނު ނޫނެކޭ ވިދާޅު ނުވެއެވެ.

ޖާބިރު رضي الله عنه ވިދާޅުވިއެވެ.

«مَا سُئِلَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ شَيْئًا قَطُّ فَقَالَ لَا» [متفق عليه]

މާނައީ: “ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި މީހަކު ކަމަކު އެދިއްޖެނަމަ އެކަލޭގެފާނު ދުވަހަކުވެސް ނޫނެކޭ ވިދާޅުނުވެއެވެ.”

ފަހެ، ދުނިޔައަކީ ދުނިޔަވީ ކަމަކާއިގެން އަންނަ މީހަކަށް ނޫނެކޭ ބުނާވަރުގެ އަގުހުރި ތަނެއް ނޫނެވެ.

ޞަޙާބީ ބޭކަލުންނާއި ޞާލިޙުންވެސް ހިންގަވާފައިވަނީ މިމަގުންނެވެ. އެގޮތުން ޢުމަރު رضي الله عنه އަކީ ހުވަފަތް ވެފައިވާ އަންހެންކަނބަލުންގެ ކަންކަން ހަމަޖައްސަވައިދެއްވި ބޭކަލެކެވެ. އެކަލޭގެފާނު އެކަނބަލުންނަށް ފެން ގެންގޮސް ދެއްވިއެވެ.

އަދި އަބޫ ވާއިލަކީ އެއަވަށުގެ އުޅުނު މުސްކުޅި އަންހެނުންނަށް ބޭނުންވާ ތަކެތި ގަނެދެއްވައި އުޅުއްވި ބޭކަލެކެވެ.

އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާއަކީވެސް މީސްތަކުންގެ ކަންތައްތަކުގައި ވަރަށް ބޮޑަށް އުޅުއްވި ބޭކަލެކެވެ.

 

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް