[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެހެން މީހުން ކުޑައިމީސް ނުކުރޭ 1

ޙަޤީޤީ މަތިވެރިކަމަކީ ﷲ ތަޢާލާއާ ކުއްތަންވުމެވެ. އަދި އެހެން މީހުންނާ ތިބާއާ ހުރި ފަރަޤަކީ ތަޤުވާވެރިކަމުގެ ފަރަޤެވެ.

﴿يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ ۚ إِنَّ اللَّـهَ عَلِيمٌ خَبِيرٌ﴾  [سورة الحجرات ١٣]

މާނައީ: ” އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންއިލާހު ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމުގެފާނާއި، ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންއިލާހު ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރުފުވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ އިލާހެވެ.”

ރީތި ހެދުންތަކުން ޖަރީވުމާއި ރީތި މީހަކަށް ވުމީ ﷲ ގެ ޙަޟްރަތުގައި ފައިދާ ކުރަނިވި ކަންކަމެއް ނޫނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ اللهَ لَا يَنْظُرُ إِلَى صُوَرِكُمْ وَأَمْوَالِكُمْ، وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعْمَالِكُمْ» [رواه مسلم]

މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ޞޫރައަށާއި ތިޔަބައިމީހުންގެ މުދަލަށް ﷲ ތަޢާލާ ބައްލަވާ ވޮޑިގެންނުވެއެވެ. އެހެނަސް އެއިލާހު ބައްލަވާ ވޮޑިގެންވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި ޢަމަލުތަކަށެވެ.”

މީސްތަކުން ފަޤީރުވުމުންނާއި ޖާހެއް މަންސަބެއް ނެތުމުންނާއި ރީތި ނުވުމުންނާއި ބުއްދީގައި ހުރި އުނިކަމެއްގެ ސަބަބުން އެބައިމީހުން ކުޑައިމީސް ކުރުމާމެދު ދަންނައެވެ. އެފަދައިން ޢަމަލުކުރާމީހަކު އެކަން އެކުރަނީ ތަންދޮރުނޭނގުމުގެ ސަބަބުންނެވެ. އަދި އެއީ އީމާންކަން ކުޑަކަމުގެ ދަލީލެކެވެ. ފަހެ ދުނިޔަވީ ޒީނަތާއި މުއްސަނދިކަމާއި ޖާހާއި ދަޅަތަކަކީ މީސްތަކުންގެ މެދުގައި ބަދަލުވަމުންދާ އެއްޗެކެވެ.

ފަހެ ކިތައް ފަޤީރުން މުއްސަނދިވެއްޖެ ހެއްޔެވެ. އަދި ކިތައް ނިކަމެތިން ޝަރުފުވެރިވެއްޖެ ހެއްޔެވެ. މީސްތަކުން ކުޑައިމީސްކުރާ މީހާ އެވަނީ އޭނާގެ ކިބައިގައިވާ މުއްސަނދިކަމާއި ޖާހާއި މަންސަބާއި ރީތިކަމުގެ ނިޢުމަތް ހިނގައިދާނެކަމުގެ ނުރައްކާތެރިކަމުގައެވެ.

 

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް