[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެންގެ ހިތް ވަރަށް ހަރު، ޙައްލަކީ ކޮބާ؟ 4

  1. ޢިލްމުވެރިންގެ ފޮތްތައް ކިޔުން

ޢިލްމުވެރިންގެ ކަންޒުތަކުގެ ފޮޅުވަތްތައް މުޠާލިޢާކުރުމަކީ ޚުޝޫޢަތްތެރިކަން އިތުރުވެގެންދާނޭ ކަމެކެވެ. ފަހެ ޢިލްމަށް ޢަމަލުކުރައްވާ ޢިލްމުވެރިއެއްގެ ބަސްފުޅުތައް ކިޔާ ހިނދު ތިބާއަށް ތިޔަ ކިޔެނީ އެބަޔަކާ ބޭހޭގޮތުން ﷲ ތަޢާލާ ޘަނާގެ ބަސް ވަޙީކުރައްވާފައިވާ ބަަޔަކު ލިޔެފައިވާ ވާހަކަތަކެކެވެ. އެބޭކަލުންނަކީ ﷲ އަށް ބިރުވެތިވާ ބޭކަލުންނެވެ.

﴿إِنَّمَا يَخْشَى اللَّـهَ مِنْ عِبَادِهِ الْعُلَمَاءُ ۗ إِنَّ اللَّـهَ عَزِيزٌ غَفُورٌ﴾ [سورة فاطر ٢٨]

 މާނައީ: “ﷲއަށް ބިރުވެތިވުން ޙައްޤުގޮތުގައި ބިރުވެތިވާކަން ކަށަވަރީ، އެއިލާހުގެ އަޅުންގެ ތެރެއިން ޢިލްމުވެރިންނެވެ. ހަމަކަށަވަރުން، ﷲއީ، ޢަޒީޒުވަންތަ، ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ.”

ﷲ އަށް ބިރުވެތިވާ ބައެއްގެ ލިޔުންތައް ކިޔާ ކިޔުންތެރިޔާއަށްވެސް އެންމެ އެކަށީގެންވަނީވެސް ﷲ އަށް ބިރުވެތި ވުމެވެ. އަދި އެބޭކަލުންގެ ސިފައިން ސިފަ ލިބިގަތުމެވެ.

 

  1. ގަބުރުސްތާނަށް ޒިޔާރަތްކުރުން

ގަބުރުތަކަށް ޒިޔާރަތްކުރުމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިދާޔަތުގެ ތެރެއިންވާ ކަމެކެވެ. އަދި އެކަންކުރުމަކީ ފިރިހެނުންނަށް ޚާއްޞަކަމެކެވެ. މިދުނިޔޭގެ ކުރުކަމާއި މިދުނިޔޭ ދަޅަތަކުން ކެހިވެރިނުވުމަށްވާ އެންމެ ސާފު ބަޔާނަކީ އެއީއެވެ. ގަބުރުތަކަށް ޒިޔާރަތްކުރުމަށްފަހު، ﷲ ތަޢާލާއަށް ބިރުވެތިވެ، މިދުނިޔެ ދޫކުރުމަށްފަހު ދާން އޮތް މަންޒިލު ހަނދާންކޮށް، ޞާލިޙުބޭކަލުންވަނީ އެތައް ކަރުނައެއް އޮހޮރާފައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ  ޙަދީޘްކުރެއްވިއެވެ.

((فَإِنَّهَا تُذَكِّرُكُمُ الْآخِرَةَ)) [رواه ابن ماجه وصححه الألباني] 

މާނައީ: “ފަހެ، ހަމަކަށަވަރުން އެކަމުން ތިޔަބައިމީހުންނަށް އާޚިރަތް ހަނދުމަކޮށްދޭނެއެވެ.”

 

= ނުނިމޭ =

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް