މީގެ އެތައް ޤަރުނެއްކުރިން އުޅުއްވި އިސްމާޢީލް ނަމަކަށް ކިޔުނު ބޭކަލެކެވެ. މި ބޭކަލަކީ އިމާމް މާލިކުގެ އަރިހުން ކިޔަވައި ވިދާޅުވެފައިވާ އިމާމް މާލިކުގެ ދަރިވަރެކެވެ. ޢިލްމުވެރި ބޭކަލެކެވެ. މިކަލޭގެފާނު ކައިވެނި ކުރެއްވުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވެ އެކަލޭގެފާނަށް ދަރިކަލަކު ލިބުނު ތަނާހެން ވަރަށް ކުއްލިގޮތަކަށް އަވަހާރަވެއްޖެއެވެ. މިދަރިކަލުންގެ ނަމަކީ މުޙައްމަދެވެ. އެކަލޭގެފާނު އަވަހާރަވީ އިރުގައި އެކަލޭގެފާނުގެ އަނބިކަނބަލުންނަށާއި އަދި ދަރިކަލުންނަށް ވަރަށްގިނަ އަދަދެއްގެ މުދައު ދޫކޮށްފައި ހުއްޓެވެ.
ދެން މި ދަރިކަލުންގެ މަންމަ މި ދަރިކަލުންގެ ތަރުބިއްޔަތުކޮށް އިސްލާމީ ތަޢުލީމު ދިނުމުގެ ހުރިހާ ޒިންމާއެއް ނެންގެވިއެވެ. ނަމަވެސް އެކަން ކުރުމަށް ވަރަށް ބޮޑު ހުރަހެއް ދިމާވަމުން ދިޔައެވެ. އެދެކަނބަލުންނަށް ލިބުނު ދަރިކަލުންގެ ލޮލަކަށް ފެނިވަޑައެއް ނުގަނެއެވެ. މިޒަމާނުގައި ލޮލަށް ނުފެންނަ މީހަކަށް މަތީތަޢުލީމު ޙާސިލުކުރުމަކީ އުނދަގޫ ކަމަކަށް ނުވިޔަސް އެޒަމާނުގައި އެއްވެސް ވަސީލަތެއް ނެތް ޒަމާނުގައި އެއީ ވަރަށް އުނދަގޫ ކަމެކެވެ. އެޒަމާނުގައި ޢިލްމުވެރިއަކަށް ވުމަށްޓަކައި އެއްޤައުމުން އަނެއްޤައުމަށް ދަތުރުކުރަން ޖެހެއެވެ. އަދި އެއް ޝެއިޚެއްގެ އަރިހުން އަނެއް ޝެއިޚެއްގެ އަރިހަށް ދާން ޖެހެއެވެ. މިއީ ލޮލަށް ނުފެންނަ މީހަކަށް ކުރަން ވަރަށް އުނދަގޫވާނެ ކަމެއްކަން ޔަޤީނެވެ.
ނަމަވެސް މިދަރިކަލުންގެ މަންމާފުޅު މިދަރިފުޅާ މެދު ދެކެމުން އައި އުއްމީދު ދޫކޮށެއް ނުލައެވެ. ހިތް ނިޔަތް ޚާލިސް ކުރުމާއެކު މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް މި ދަރިކަލުންގެ ލޮލުގެ ފެނުން ދެއްވާތޯ އަބަދާއި އަބަދު ދުޢާކުރަމުން ދިޔައެވެ.މިގޮތުން އެއް ރެއެއްގައި އެކަމަނާއަށް ހުވަފެންފުޅުގައި އިބުރާހިމް އަލައިހިއް ސަލާމް ފެނިވަޑައިގަތެވެ. އަދި އިބުރާހިމް ޢަލައިހިއްސަލާމް އެކަމަނާއަށް ވިދާޅުވިއެވެ. ” ހަމަކަށަވަރުން ކަމަނާގެ ގިނަގުނަ ދުޢާތަކުގެ ސަބަބުން ކަމަނާގެ ދަރިކަލުންގެ ލޮލުގެ ފެނުން އަނބުރައި ﷲ ތަބާރަކަ ވަތަޢާލާ އެދަރިކަލުންނަށް ރައްދުކުރައްވައިފިއެވެ. “އެކަމަނާ އަވަސް އަވަހަށް ހޭފުޅުލައްވައި އެކަމަނާގެ ލޯބިފުޅުވާ ދަރިކަލުންގެ ގާތަށް ދިޔައެވެ. އެކަމަނާއަށް ދަރިކަލުން ފެނުނުއިރު ހުވަފެނުގައި ފެނުނު ކަންތައްތައް ވަނީ ތެދަކަށްވެފައެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިވެރިކަމާއި ކުޅަދުންވަންތަކަމާއެވެ. އެއީ ބޭނުންޖެހިފައިވާ މީހުންގެ ދުޢާތައް އައްސަވާވޮޑިގެން އެދުޢާތައް އިޖާބަކުރައްވާ އިލާހެވެ.
މިދަރިކަލުންގެ ލޮލުގެ ފެނުން އިއާދަވުމުން މިދަރިކަލުން ކިޔެވުމަށްޓަކައި ފޮނުއްވިއެވެ.

އަދި ޢިލްމުގެ މައިދާނުގައި ފުންނާބު އުސް ޢިލްމުވެރިއަކަށް ވެލެއްވިއެވެ. މިއަދު އަޅުގަނޑުމެންގެ ކުރިމަތިން ފެންނަން އޮތް މާތްވެގެންވާ ކީރިތިޤުރުއާނަށްފަހު އެންމެ ޞައްޙަކަންބޮޑު އަދި ޤުރުއާނަށްފަހު އެންމެ މެތިވެރި ފޮތަކީ މި މުޙައްދިޘު ޢިލްމުވެރިޔާ ލިޔުއްވާފައިވާ ފޮތެވެ. އެފޮތް މަސްހޫރުވެފައިވަނީ ޞަޙީޙް ބުޚާރީގެ ނަމުންނެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ މުޙައްމަދު ބުން އިސްމާއިލް އަލްބުޚާރީއެވެ. އެކަލޭގެފާނަށް ﷲ ތަބާރަކަ ވަތަޢާލާގެ ރަޙުމަތުން ޢިލްމުގެ މައިދާނުގައި ކަނޑެއްފަދަ ބޭކަލަކަށްވެލެއްވިއެވެ. އެކަލޭގެފާނަކީ ހަނދާންގަދަ ބުއްދިވެރިބޭކަލެކެވެ.
އަސްލު: އަލް ލުއުލުއު ވަލްމަންޘޫރު