[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހެޔޮކަންތައްތައް ކުރުމަށް އަހަރެންގެ މުޖުތަމަޢު ބާރެއް ނާޅާ 1

މުޖުތަމަޢުތައް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ބައެއް މުޖުތަމަޢުތަކުގައި ދޮގުހެދުމާއި ވަޢުދާ ޚިލާފުވުމާއި ރަޙިމުގެ ގުޅުން ކެނޑުމާއި މައިންބަފައިންނަށް އިހާނެތިކޮށް ހިތުމާއި ހެޔޮކަންތައްތައް އަދާކުރުމުގައި ކަންނެތްވުމާއި ޝުބުހަތަކުން ދުރުހެލިނުވުން މިވަނީ ވަރަށް ޢާންމު ވެފައެވެ. (ޝުބުހައަކީ: އެކަމަކީ ޙަލާލުކަމެއް ތޯ ނުވަތަ ޙަރާމްކަމެއް ތޯ ގިނަ މިހުންނަށް ނޭނގޭ އަދި އޮޅުންއަރާ ކަންކަމެވެ. އެކަންކަން އޮޅުން ފިލުވުމަށް ރުޖޫޢަވާން ޖެހޭނީ ޢިލްމުވެރިންނަށެވެ.)

އަދި ދުނިޔެއަށްޓަކައި މީސްތަކުން ވާދަކޮށް، އެއަށްޓަކައި އެއްބަޔަކު އަނެއް ބަޔަކާ ޢަދާވާތްތެރިވެ އަދި އާޚިރަތާމެދު ވަރަށް ޣާފިލުވެގެންވާ ޙާލު ދުނިޔޭގެ މައިދާންތަކުގައި މީސްތަކުން މިދަނީ ވާދަކުރަމުންނެވެ.

ﷲ ތަޢާލާވަނީ ނަބީބޭކަލުންގެ ވާހަކަތަކާއި އެބޭކަލުންނަށް ދިމާވި ކަންތައްތަކާއި އެބޭކަލުންގެ ޚުލުޤާއި އަޅުވެރިކަން ބަޔާންކޮށްދެއްވާފައެވެ. އަދި އަޅުގަނޑުމެންގެ ޝަރިޢާތާ ޚިލާފުނުވާ ކަންކަމުގައި އެބޭކަލުންނަށް އިޤްތިދާކުރުމަށާއި އެބޭކަލުންގެ ނަމޫނާއިން ނަމޫނާ ލިބިގަތުމަށް އަޅުގަނޑުމެންނަށް އަމުރުކުރެއްވިއެވެ. ފަހެ އެއިލާހު ވަޙީކުރެއްވިއެވެ.

﴿أُولَـٰئِكَ الَّذِينَ هَدَى اللَّـهُ ۖ فَبِهُدَاهُمُ اقْتَدِهْ﴾ [سورة الأنعام ٩٠]

މާނައީ: “އެބޭކަލުންނީ ﷲ، ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ، އެބޭކަލުންގެ ތެދުމަގާ ކަލޭގެފާނު ތަބާވެވަޑައިގަންނަވާށެވެ!”

އަދި ހެޔޮ ގެއެއްގެ އަހުލުވެރިންކަމުގައިވާ ޒަކަރިއްޔާގެފާނާއި އެކަލޭގެފާނުގެ ދަރިކަލުންނާއި އަނބިކަނބަލުންނާ ބެހޭގޮތުންނާއި އެބޭކަލުންގެ އަޅުވެރިކަމާއި ޞާލިޙު ޢަމަލުތައް ކުރެއްވުމަށް ހުންނެވި ޝަޢުޤާ ބެހޭގޮތުން އެއިލާހު ވަޙީކުރެއްވިއެވެ.

﴿فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَىٰ وَأَصْلَحْنَا لَهُ زَوْجَهُ إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ﴾  [ سورة الأنبياء ٩٠]

މާނައީ: “ފަހެ، ތިމަންއިލާހު އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި އެކަލޭގެފާނަށް ޔަޙްޔާގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން ރަނގަޅުކޮށްދެއްވީމެވެ. ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ އަދި ތިމަން އިލާހަށް އެދުމާއި، ބިރުވެތިކަމާއެކު، ދުޢާކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންއިލާހަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވިއެވެ”.

ފަހެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ރިވެތި ނަމޫނާއަށް ބެލުމަށް އެދޭނަމަ ޔަޙްޔާ عليه السلام އަށް ބައްލަވާށެވެ. ފަހެ ހަމަކަށަވަރުން އެކަލޭގެފާނާ ބެހޭގޮތުން ﷲ ތަޢާލާ ޘަނާގެ ބަސްވަޙީކުރެއްވިއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَبَرًّا بِوَالِدَيْهِ وَلَمْ يَكُن جَبَّارًا عَصِيًّا﴾  [سورة مريم  ١٤]

މާނައީ: “އަދި އެކަލޭގެފާނުގެ މައިބަފައިކަލުންނަށް ހެޔޮކޮށް ހިއްތަވާ ބޭކަލަކު ކަމުގައިވިއެވެ. އަދި ނުކިޔަމަންތެރި، ޖައްބާރަކު ކަމުގައި އެކަލޭގެފާނު ނުވެއެވެ.”

= ނުނިމޭ =

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް