[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހެޔޮކަންތައްތައް ކުރުމަށް އަހަރެންގެ މުޖުތަމަޢު ބާރެއް ނާޅާ 2

ވަޢުދާ ޚިލާފުވުންފަދަ، މުނާފިޤުންގެ ސިފަތައް މުޖުތަމަޢުގައި ފެތުރިގެންދާ މަންޒަރު ތިބާއަށް ފެނިއްޖެނަމަ ދަންނައެވެ. އިބްރާހީމުގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނަކީ ވަޢުދަށް ކަމޭހިތްތެވި ބޭކަލެއްކަން ހަނދުމަކުރާށެވެ. އަދި އެކަމަށްޓަކައި ﷲ ތަޢާލާވަނީ އެކަލޭގެފާނާ ބެހޭގޮތުން ޘަނާގެބަސް ވަޙީކުރައްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

 ﴿وَاذْكُرْ فِي الْكِتَابِ إِسْمَاعِيلَ ۚإِنَّهُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولًا نَّبِيًّا﴾ [سورة مريم ٥٤] 

މާނައީ: “ކަލޭގެފާނު މި ފޮތުން އިސްމާޢީލުގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، ވަޢުދުފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި ރަސޫލަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ.”

އަދި މީސްތަކުންގެ މެދުގައި މުދަލާމެދު ދަހިވެތިވުން އިތުރުވެ، ދީލަތިކަމުން އެއްކިބާވާން ފަށައިފިނަމަ ދަންނައެވެ. ފަހެ ދީލަތިކަމުގައި އެންމެ ކުރިއަރައިގެން ގޮސްފައިވަނީ ނަބީބޭކަލުންނެވެ. އިބްރާހީމުގެފާނުގެ ދީލަތިކަމުގެ ވާހަކަ ބަޔާންކުރައްވަމުން ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ، އެކަލޭގެފާނުގެ އަހުލުންގެ ގާތަށް ސިއްރިއްޔާތުގައި ވަޑައިގެން، (އެކަލޭގެފާނުގެ މެހެމާނުންނަށްޓަކައި) ރޫފަ ރަނގަޅު ޅަގެރިއެއް ފިއްސަވައިގެން އެކަލޭގެފާނު ގެންނެވި ކަމަށެވެ. (ބުނެވޭ ގޮތުގައި އެކަލޭގެފާނުގެ) މެހެމާނުންގެ ގޮތުގައި އެވަގުތު ތިއްބެވީ އެންމެ ތިން ބޭކަލުންނެވެ.

އަޅުގަނޑުމެންގެ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި މީހަކު އައިސް މުދާ ދެއްވުމަށް އެދުމުން، ދެފަރުބަދަ ދެމެދުގައިވާ ބަކަރި އައިނެއް އެކަލޭގެފާނު އެމީހާއަށް ދެއްވިއެވެ.

= ނުނިމޭ =

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް