ބައެއް މުޖުތަމަޢުތަކުގައި މީސްތަކުން ޙައްޤުން އެއްކިބާވުމާއި ލަދުކުޑަވުމާއި، ބައެއް ޒުވާނުން ޙަރާމް ގުޅުންތައް ބާއްވާތަން ތިބާއަށް ފެނިއްޖެނަމަ ދަންނައެވެ. ފަހެ ﷲ ތަޢާލާގެ އަޅުތަކުންކުރެ ނަސަބާއި ރީތިކަން ދެއްވުނު ބައެއް ބޭކަލުންނާއެކު ފާޙިޝް ޢަމަލުތައްކުރުމަށް އަންހެނުންތަކެއް އެދުމުންވެސް އެބޭކަލުންވަނީ އެކަންކަމުން މަނާވެގަންފައެވެ. އަދި ކިއެއް ހެއްޔެވެ. އެކަމުގެ މައްޗަށް އެބޭކަލުން ވަނީ ޖަލު ޚިޔާރުކޮށްފައެވެ. އަދި އެކަމަށް އިންކާރުކުރުމުން ޖަލަށް ވަންނަން ޖެހިފައިވެސް އެބަހުއްޓެވެ. ޔޫސުފު ޢަލައިހިއްސަލާމާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿قَالَتْ فَذَٰلِكُنَّ الَّذِي لُمْتُنَّنِي فِيهِ ۖ وَلَقَدْ رَاوَدتُّهُ عَن نَّفْسِهِ فَاسْتَعْصَمَ ۖ وَلَئِن لَّمْ يَفْعَلْ مَا آمُرُهُ لَيُسْجَنَنَّ وَلَيَكُونًا مِّنَ الصَّاغِرِينَ﴾ [سورة يوسف ٣٢]
މާނައީ: “އެކަނބުލޭގެ ބުންޏެވެ. ތިޔަބައިމީހުން ތިމަންނާއަށް މަލާމާތްކޮށް ވާހަކަދެއްކީ، އޭނާއާ މެދުގައެވެ. ހަމަކަށަވަރުން، ތިމަން އޭނާގެ ކިބައިން ނުބައިކަންތަކަށް އެދުނީއެވެ. ފަހެ، އެހިނދު އޭނާ އެކަމުން ރައްކާތެރިވެގަތެވެ. އަދި ތިމަން އޭނާއަށް އަމުރުކުރާ ކަންތައް ނުކުޅަނަމަ، ޖަލުގައި އޭނާ ހައްޔަރު ކުރެވޭނެކަން ކަށަވަރެވެ. އަދި އޭނާ ވާހުށީ، ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ”.
ފަހެ ޢިއްފަތްތެރިކަމާއި ނަޒާހަތްތެރިކަމުގައި ތިބާއަށް މަގު އަލިކޮށްދޭ ބަޔަކީ ރަސޫލުބޭކަލުންކަމުގައި ހަދާށެވެ. ޒުވާނާގެ އަބުރު ރައްކާތެރިކުރުމާއި އޭނާގެ ޝަހުވަތްތަކުގެ މައްޗަށް ގަދަވެގަތުމަކީ އޭނާގެ ބޮލުގައި އެޅުވޭ ތާޖެއްކަމުގައި ބަލާށެވެ.
= ނުނިމޭ =
_________________________________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.