[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހެޔޮކަންތައްތައް ކުރުމަށް އަހަރެންގެ މުޖުތަމަޢު ބާރެއް ނާޅާ 4

އަދި ބައެއް މީހުން މުއްސަނދިވުމުން، އެބައިމީހުންނަށް ޚިދުމަތްކުރުމަށްޓަކައި ޚާދިމުން ގެނެއެވެ. އަދި އެމީހުންނާ މުޢާމަލާތްކުރާއިރު ބޮޑާކަމާއި ކިބުރުވެރިކަން އިސްކޮށް އުޅެއެވެ. ފަހެ ތިބާއަށް އެފަދަ ކަމެއް ކުރެވޭކަމަށް އިޙުސާސްކުރެވިއްޖެނަމަ ދަންނައެވެ. ފަހެ އަމިއްލަ ނަފްސަށް ބުނާާށެވެ. އޭ އަހަރެންގެ ނަފްސެވެ! ހަމަޖެހޭށެވެ. ނަސަބުގެ ގޮތުން އެންމެ ޝަރުވެރި ސާހިބާ، އެންމެ ޤަދަރު އުފުލިގެންވި ސާހިބާ އަދި ﷲ ގެ ޙަޟްރަތުގައި އެންމެ މަތިވެރި މަންޒިލު ލިބިވަޑައިގެންނެވި ސާހިބާ (އެބަހީ: ރަސޫލާ صلى الله عليه وسلم) ވަނީ ބަކަރިން ކިރު ފެއްލަވައި އަމިއްލަފުޅު ކަންތައްތައް އަމިއްލަފުޅަށް ކުރައްވާފައެވެ. އަދި އަމިއްލަފުޅަށް ފައިވާންޕުޅު އިޞްލާޙުކުރައްވައި ކަދުރުރުކުގެ ފަނުން ހަދާފައިވާ ތަންމަތީގައި ނިދިކުރައްވާފައެވެ. އަދި އޭގެ އަޘަރު އެކަލޭގެފާނުގެ އަރިކަށިފުޅުގައި ފެންނަން ހުރެއެވެ.

އަދި ދަތި އުނދަގޫ ދިރިއުޅުމާ ކުރިމަތިލަމުންދާއިރު އަދި މީސްތަކުންނާ ގިނަ މުޢާމަލާތްތަކެއް ކުރަމުންދާއިރު ދަންނައެވެ. އެބައިމީހުންގެ ކިބައިން ކުށެއް ނުވަތަ ނޭދެވޭކަމެއް ފެނުމުން އެބައިމީހުންނަށް މާފުކޮށް ދޫ ދިނުމަކީ ތިބާގެ އާދަކަމުގައި ހަދާާށެވެ. އަދި ހަނދުމަކުރަންވީ ތުއްޕުޅު ބޭކަލެއް، އެކަނި މައިއެކަނި ވަޅަކަށް އެއްލަވާލެވުނު ޙާލުގައި، ބީރައްޓެހި ކަމުގައި އުޅުއްވަން ޖެހުމުންވެސް (އެބަހީ: ޔޫސުފު ޢަލައިހިއްސަލާމް) އެކަލޭގެފާނާ ދެކޮޅަށް ބޮޑެތި ރޭވުންތައް ރޭވި ބޭކަލުންނަށް މަޢާފުކުރެއްވިކަމެވެ. އަދި ވިދާޅުވިއެވެ.

﴿ قَالَ لَا تَثْرِيبَ عَلَيْكُمُ الْيَوْمَ ۖ يَغْفِرُ اللَّـهُ لَكُمْ ۖ وَهُوَ أَرْحَمُ الرَّاحِمِينَ﴾  [سورة يوسف ٩٢]

މާނައީ: “އެކަލޭގެފާނު ވިދާޅުވިއެވެ. މިއަދު ތިޔަބައިމީހުންގެ މައްޗަކަށް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް ﷲ ފާފަފުއްސަވާށިއެވެ! އަދި އެކަލާނގެއީ، ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙްމަތްވަންތަ އިލާހެވެ.”     

= ނިމުނީ =

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް