[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފާފައިގައި ޣަރަޤުވެފައިވާ މީހުންނާ މުޢާމަލާތްކުރާނީ ކިހިނެތް؟

ޙައްޤުމަގުން އެއްކިބާވެފައިވާ މީހުން ކިތަންމެ ގިނަވިޔަސް، އެބައިމީހުންނަށް ތެދުމަގު ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމުގައި ފަސް ނުޖެހޭށެވެ. އަދި އެބައިމީހުންނަށް ދަޢުވަތު ދިނުމުގައި މާޔޫސް ނުވާށެވެ. ފަހެ އެބައިމީހުން އެވަނީ ތިބާއަށް ބޭނުން ޖެހިފައެވެ. އަދި އަބަދުވެސް ޔަޤީންކުރަންވީ ކަމަކީ ކިތަންމެ ޢިއްޒަތްތެރިމީހަކަށް ހެދިގެން އުޅުނަސް ނިކަމެތިކަން އައިސް ފާފަވެރިން ވަށާލާނެ ކަމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿إِنَّ الَّذِينَ اتَّخَذُوا الْعِجْلَ سَيَنَالُهُمْ غَضَبٌ مِّن رَّبِّهِمْ وَذِلَّةٌ فِي الْحَيَاةِ الدُّنْيَا ۚ وَكَذَٰلِكَ نَجْزِي الْمُفْتَرِينَ﴾ [سورة الأعراف ١٥٢]

މާނައީ: “ހަމަކަށަވަރުން، ގެރިޔަކީ، އިލާހެއްކަމުގައި ހަދައިގެން އުޅުނު މީހުންނަށް، އެއުރެންގެ ރައްބުގެ ޙަޟްރަތުން ކޯފާއާއި، ދުނިޔޭގެ ދިރިއުޅުމުގައި ނިކަމެތިކަން ލިބޭހުށްޓެވެ. އަދި ދޮގު އުފައްދާ މީހުންނަށް ތިމަންއިލާހު ޖަޒާ ދެއްވަނީ އެފަދައިންނެވެ.”

ފާފަވެރިންނަށް އޮތީ އަބަދުވެސް ނިކަމެތިކަމުގެ ފޭރާމެވެ. ކޮންމެ މީހަކަށްވެސް އެމީހަކު އެކުޅަ ޢަމަލަކާ އެކަށޭނަ ގޮތަކަށެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((وَجُعِلَ الذِّلَّةُ وَالصَّغَارُ عَلَى مَنْ خَالَفَ أَمْرِي)) [رواه أحمد وصححه الألباني]

މާނައީ: “އަދި ދެރަކަމާއި ނިކަމަތިކަން ހުރީ، ތިމަންކަލޭގެފާނުގެ އަމުރުފުޅުތަކާއި ޚިލާފުމީހަކަށެވެ.”

(ﷲއަށް) ކިޔަމަންތެރިކަން އަދާކުރާ އަޅުތަކުންނީ ޢިއްޒަތުގެ އަހުލުވެރިންނެވެ. އަދި އެބައިމީހުން ކުޅަ ޢަމަލަކާ އެކަށޭނަ ގޮތަކަށް އެބައިމީހުން ޢިއްޒަތްތެރިވާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَلِلَّـهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَـٰكِنَّ الْمُنَافِقِينَ لَا يَعْلَمُونَ﴾ [سورة المنافقون ٨]

މާނައީ: “ޢިއްޒަތްވަނީ، ﷲ އަށެވެ. އަދި އެއިލާހުގެ ރަސޫލާއަށާއި މުއުމިނުންނަށެވެ.”

ފަހެ އެމީހެއްގެ މުޖުތަމަޢުގައި ޢިއްޒަތްތެރިމީހާ ދަންނައެވެ. ފާފަތަކުގެ ތެރެއަށް ވަދެވި އެކަމުގައި އިމްތިޙާނުކުރެވެމުންދާ މީހުންނަށް އޯގާތެރިވާށެވެ. އަދި މަޑުމައިތިރިކަމާއި ޙިކުމަތްތެރިކަމާ އަދި ވިސްނުންތެރިކަމާއެކު އެފަދަ މީހުންނާ މުޢާމަލާތް ކުރާށެވެ. އަދި އެބައިމީހުން ކުޑައިމީސްނުކުރާށެވެ. އަދި އެބައިމީހުންނަށް ހިދާޔަތްދެއްކެވުމަށް އެދި ގިނައިން ދުޢާކުރާށެވެ. ރިތެރި އަޚުލާޤާއެކު ދަޢުވަތު ދިނުމަކީ މީސްތަކުންގެ ހިތްތައް ދަމައިގަނެވޭ ކަމެކެވެ.

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް