[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނުބައި އެކުވެރިން 2

އިންސާނާއަށް އޭނާއާ އެކުގައި އުޅޭ މީހުންގެ ސަބަބުން، އޭނާގެ މިޒާޖަށްވެސް ބަދަލު އާދެއެވެ. ބައެއް ޖަނަވާރާ އެކު އުޅުމުންވެސް އިންސާނާގެ މިޒާޖަށް ބަދަލު އާދެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«الفَخْرُ، وَالخُيَلاَءُ فِي الفَدَّادِينَ أَهْلِ الوَبَرِ، وَالسَّكِينَةُ فِي أَهْلِ الغَنَمِ» [متفق عليه]

މާނައީ: “ފަޚުރުވެރިކަމާއި ބޮޑާކަންވަނީ އަޑުއުފުލާ މީހުންގެ ކިބައިގައެވެ. (އެއީ) ޖަމަލު ގެންގުޅޭ މީހުންނެވެ. މަޑުމައިތިރިކަންވަނީ ބަކަރި ގެންގުޅޭ މީހުންގެ ކިބައިގައެވެ.”

ފަހެ ނަބިއްޔާ صلى الله عليه وسلم ޚަބަރުދެއްވާފައި އެވަނީ ޖަމަލު ގެންގުޅޭ މީހުންގެ ކިބައިގައި ބޮޑާވެރިކަމާއި ފަޚުރުވެރިވުމާއި ކިބުރުވެރިކަން އަށަގަންނަކަމުގައެވެ. އަދި ބަކަރި ހުއި ހައްޕާ މީހުންގެ ކިބައިގައި މަޑުމައިތިރިކަމާ ތަވާޟުޢުވެރިކަން (އެބަހީ: ބޮޑާވެރިކަމުގެ އިދިކޮޅު ސިފަ) އަށަގަންނަކަމުގައެވެ. ފަހެ ބުއްދިއެއް ނުވާ ޖަނަވާރެއްގެ މިޒާޖުން އިންސާނާއަށް އެބަ އަސަރުކުރެއެވެ. އެއީ އެސޮރުމެން ލައްވާ އަޑުތަކުން އެއްޗެއް ދޭހަ ނުވާއިރުވެސް އަދި ކެއުން ބުއިމުގައި އެސޮރުމެންނާ އެހާ ތަފާތު އިރުވެސްމެއެވެ. ދެން ފަހެ އެބަޔަކު ދައްކާ ވާހަކަ ތިބާއަށް ވިސްނޭ، އިންސާނުންގެ ފުށުން ކިހާ އަސަރެއް ކުރާނެ ހެއްޔެވެ! އަދި ކިއެއް ހެއްޔެވެ. ފަހަރުގައި ތިބާއަކީ އެފަދަ މީހެއްގެ ހަވާނަފްސަށް ވާގިވެރިވާ މީހަކަށް ހަދާފާނެއެވެ. އަދި ތިބާއަށް ޝަހުވަތްތައް ޒީނަތްތެރިކުރުވަ ފާނެއެވެ. ތިބާއަށް އެފަދަ މީހުންގެ ފުށުން މާ ފަސޭހައިންވެސް އަސަރުކޮށްފާނެއެވެ!

ނުބައި އެކުވެރިން ތިބާ، ތިބާގެ ރައްބާ ދުރުކުރުވާނެއެވެ. އަދި އެފަދަ މީހުން ތިބާގެ ކުށްތައް ހޯދާނެއެވެ. އަދި އަތްމަތި ތަނަވަސް އިރު ގާތުގައި ވާނެއެވެ. ދަތިވުމުން ދުރަށް ދާނެއެވެ. އެފަދަ މީހުން ޝަހުވަތްތަކުގެ ފަހަތުން ދުވާނެއެވެ. ފަހެ އެފަދަ މީހެއްގެ ޝަހްވަތްތަކާ ދެމެދަށް، ތިބާ ހުރަސްއަޅައިފިނަމަ ތިބާވެސް އެއްފަރާތްކޮށްލާނެއެވެ.

= ނުނިމޭ =

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް