[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނުބައި އެކުވެރިން 5

ތިބާގެ ބާއްޖަވެރި އުންމީދުތަކާއި މަތިވެރި ޢަޒުމަށް ނުބައި އެކުވެރިން ހުރަސް އަޅާނެއެވެ. އަދި ކިއެއް ހެއްޔެވެ. ބޭރު ފުށުންވެސް އެބައިމީހުންގެ ނޭދެވޭ އަސަރުކުރާނެއެވެ. އަދި މީހުން ތިބާއާމެދު ދެކޭގޮތް ބަދަލުވެ، ތިބާގެ އަގުވެއްޓިދާނެއެވެ. (ޢަރަބި ޅެން ބައިތެއްގައިވެއެވެ.)

إذَا مَا صَحِبْتَ القَومَ فَاصْحَبْ خِيَارَهُمْ *** وَلَا تَصْحَب الأَرْدَى فَتَرْدَى مَعَ الرَّدِي

މާނައީ: “ބަޔަކާއެކު އުޅެންޔާ އެންމެ ރަނގަޅު މީހުންނާއެކު އުޅޭށެވެ.

އަދި އެންމެ އަގުވެއްޓިފައިވާ މީހުންނާއެކު ނުވާށެވެ. ފަހެ އޭރުން އެމީހުންނާއެކު ތިބާވެސް އަގުވެއްޓިދާނެއެވެ.”

ފަހެ ނުބައި އެކުވެރިންނާއެކު އުޅެވުނީތީ، އާޚިރަތުގައިވެސް އެކަމާ ހިތާމަކުރަން ޖެހުމުގެ ކުރިން އެކަމަށް ރައްކާތެރިވާށެވެ.

 وَيَوْمَ يَعَضُّ الظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَا لَيْتَنِي اتَّخَذْتُ مَعَ الرَّسُولِ سَبِيلًا ﴿٢٧﴾ يَا وَيْلَتَىٰ لَيْتَنِي لَمْ أَتَّخِذْ فُلَانًا خَلِيلًا﴿٢٨﴾ لَّقَدْ أَضَلَّنِي عَنِ الذِّكْرِ بَعْدَ إِذْ جَاءَنِي ۗ وَكَانَ الشَّيْطَانُ لِلْإِنسَانِ خَذُولًا ﴿٢٩﴾

މާނައީ: “އަނިޔާވެރިޔާ އޭނާގެ ދެއަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! އޭނާ (އެދުވަހުން) ބުނާނެތެވެ. އޭ ސަހަރޯއެވެ! ރަސޫލާގެ އަރިހުން މަގެއް ހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހާ ރަނގަޅުވީސް ހެއްޔެވެ! [27] އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު މިތުރަކު ކަމުގައި ނުބެލިނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ! [28] ހަމަކަށަވަރުން، ތިމަންނާއާހަމަޔަށް އެ ޤުރުއާން އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ ފަރާތެއް ކަމުގައި ޝައިޠާނާ ވެއެވެ. [29]”

އަދި އެކުވެރިން ޚިޔާރުކުރުމުގައި ނަބިއްޔާ صلى الله عليه وسلم ގެ ވަޞިއްޔަތަށް ޢަމަލުކުރާށެވެ.

«لَا تُصَاحِبْ إِلَّا مُؤْمِنًا، وَلَا يَأْكُلْ طَعَامَكَ إِلَّا تَقِيٌّ» [رواه أبو داود وحسنه الألباني]

މާނައީ: “މުއުމިނާއެކުގައި މެނުވީ ނުވާށެވެ. އަދި ތަޤްވާވެރިއަކަށް މެނުވީ ތިބާގެ ކާނާއިން ނުދޭށެވެ.” (އެބަހީ: ދަޢުވަތު ދީގެން ކެއުމަކަށް ގެނެސް އެއްމަޖުލީސްކުރާނަމަ އެފަދައިން ބަލާށެވެ. ޞަދަޤާތްކުރާއިރު އެފަދައިން ބަލާކަށް ނުޖެހެއެވެ. ބައްލަވާ: معالم السنن للخطابي (4/116))

= ނިމުނީ =

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް