[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފާފަތަކާ ދުރުވުން 1

ފާފަތަކަކީ އެކަމުގައި ނުރަނގަޅު އަސަރުތަކެއް އެކުލެވިގެންވާ ކަމެކެވެ. އެ ގިނަވެއްޖެނަމަ އޭގެ އުނދަގޫ ފޯރައެވެ. ފަހަރުގައި އޭގެ ސަބަބުން ރަށެއް އެކުގައި އަނދާވެސް ފާނެއެވެ. މީހަކަށް ފާފައެއް ކުރެވުމަކީ ވެދާނެކަމެކެވެ. އެހެނަސް އޭގައި ހަލާކުވެގެންދަނީ އެކަމުގައި ދެމިތިބޭ މީހުންނެވެ. ފާފައިގެ ސަބަބުން ނިޢުމަތްތައް ނެތިދެއެވެ. އަދި ޢުޤޫބާތް ޙައްޤުވެއެވެ. އަދި ފާފައިގެ ސަބަބަން ފާފަވެރިޔާއަށް ކަންތައްތައް އުނދަގޫވެއެވެ. އޭނާ ކޮންމެ ކަމަކަށް ކުރިމަތިލުމުންވެސް ފެނިގެންދާނީ އެކަމެއް އޭނާއަށް ދަތިވެ އުނދަގޫވާކަމެވެ.

ފާފައިގެ ސަބަބުން ޢުމުރުގެ ބަރަކާތް ކެނޑެއެވެ. ފާފައަށް އަރައިގަތުމުގެ ސަބަބުން އެލިބޭ އުފަލާ ލައްޛަތަށް ވުރެ، އެއަށް އަރައިގަތުމުން ފާއިތުވެގެން އެދާ ދުނިޔެއާއި އާޚިރަތުގު ހެޔޮކަމީ މާ ބޮޑު، ގިނަގުނަ ކަންކަމެވެ. ހިނދުކޮޅަކަށް ފަހުގައިވެސް ފާފައިގެ ޢުޤޫބާތާ ބައްދަލުކުރަން ޖެހޭނެއެވެ.

﴿مَن يَعْمَلْ سُوءًا يُجْزَ بِهِ﴾ [سورة النساء ١٢٣]   

މާނައީ: “ނުބައިކަމެއް ކުރާމީހާއަށް އެކަމުގެ ޖަޒާ ލިބޭނެއެވެ.”

= ނުނިމޭ =

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް