މުއައްލިފުގެ މުޤައްދިމާ
الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين. وبعد:-
– މިއީ ފިޤުހީ ޙުކުމްތައް އޭގެ މައްޗަށް ބިނާވާ، ޤުރުއާނުގެ ދަލީލުތައް ބަޔާންކޮށް އެކުލަވާލައިފައިވާ ޚުލާޞާއެކެވެ. – މިފޮތް ތަރުތީބުކޮށްފައިވާނީ އަލްޙާފިޡު އިބްނު ޙަޖަރު رحمه الله ގެ ފޮތް بلوغ المرام ގައި ބާބުތައް ތަރުތީބުކޮށްފައިވާ ގޮތަށެވެ. އަދި މިފޮތަށް ނަންދީފައިވާނީ ވެސް އެފަދައިންނެވެ. އެއީ بلوغ المرام من آيات الأحكام އެވެ.
– މިފޮތް ޖަމާކުރަން ޤަޞްދުކުރީ ފަށައިގަންނަ ކުދިންނަށް މިފަދަ ފޮތަކަށް ބޭނުން ޖެހިފައިވާތީއެވެ. އަދި މަތީ މަރުހަލާތަކުގައި އުޅޭ ކުދިންނަށްވެސް މިއިން ބައެއް ފާއިތުވެފައި ވެދާނެތީއެވެ.
– ފިޤުހީ ބާބުތަކުގެ ދަށުން އާޔަތްތައް ތަރުތީބުކޮށްފައިވާނީ ޤުރުއާނުގައިވާ ތަރުތީބުންނެވެ. އެއީ ހިތުދަސްކުރުމަށް ފަސޭހައަކަށެވެ. މިއިން އިސްތިސްނާ ކުރެވިފައިވާނީ އެއާޔަތަކީ އެބާބުގެ އެންމެ މުހިންމު އާޔަތް ކަމުގައިވާނަމައެވެ. ނުވަތަ ފިޤުހު ޢިލްމުވެރިން ގިނައިން ބޭނުންކުރާ އާޔަތެއް ކަމުގައިވާނަމައެވެ.
– ބާބެއްގައި އެއް މައުޟޫޢަށްވުރެ ގިނަ މައުޟޫޢު ވާނަމަ އާޔަތްތައް ތަރުތީބުކޮށްފައިވާނީ މައުޟޫޢުތަކުގެ ދަށުގައެވެ. – މުތަވާތިރު ޤިރާއަތެއްގައި އައިސްފައިވާނަމަ “އެހެން ޤިރާއަތެއްގައި” މިފަދައިން ބުނެފައިވާނެއެވެ. އަދި ޝާއްޛު ޤިރާއަތެއްގައިނަމަ އެކަން ބަޔާންކޮށްފައިވާނެއެވެ.
-(އިބްނު ޙަޖަރު رحمه الله ގެ ފޮތުގައިވާ ބާބުތަކުގެ ތެރެއިން) ދަލީލު ފެނިފައިނުވާ ބާބުތައް ވާނީ އުނިކުރެވިފައެވެ. އަދި މިފޮތް ދިގުވެ، ފޮތް އެކުލަވާލުމުގެ މަޤްޞަދު ގެއްލިދާނެކަމުގެ ބިރަށްޓަކައި އަޚްލާޤާއި، ޛިކުރު އަދި ދުޢާގެ މައްޗަށް އެކުލަވާލައިފައިވާ كتاب الجامع އާއި ފޮތުގެ ފަހަތުގައިވާ ތާވަލުތައް ވާނީ އުނިކުރެވިފައެވެ.
والله أسأل أن يكون العمل خالصا لوجهه الكريم، وأن ينفع به كما نفع بأصل ترتيبه.
وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.
عبد الرحمن بن علي الحطاب
أستاذ أصول الفقه بالجامعة الإسلامية بالمدينة
__________________________________________________
ޠަހާރަތު
ފެނުގެ ޙުކުމްތައް ނަންގަތް ބާބު
﴿فَلَمْ تَجِدُوا مَاءً فَتَيَمَّمُوا﴾ [سورة النساء 43]
މާނައީ: “ފަހެ، ފެން ނުލިބިއްޖިއްނަމަ ޠާހިރު ވެލިން ތިޔަބައިމީހުން ތަޔައްމަމު ކުރާށެވެ!”
އަދި سورة المائدة ގެ 6 ވަނަ އާޔަތުގައިވެސް މިފަދައިން އައިސްފައިވެއެވެ.
﴿وَيُنَزِّلُ عَلَيْكُم مِّنَ السَّمَاءِ مَاءً لِّيُطَهِّرَكُم بِهِ﴾ [سورة الأنفال 11]
މާނައީ: “އަދި އެއިލާހު ތިޔަބައިމީހުން ޠާހިރު ކުރެއްވުމަށް ތިޔަބައިމީހުންގެ މައްޗަށް އުޑުން ފެން ބާވައިލެއްވިއެވެ.”
﴿وَأَنزَلْنَا مِنَ السَّمَاءِ مَاءً طَهُورًا﴾ [سورة الأنفال 48]
މާނައީ: “އަދި ޠާހިރުކުރަނިވި ފެން ތިމަންއިލާހު އުޑުން ބާވައިލެއްވީމެވެ.”
ކަންވާރުތަކުގެ ޙުކުމްތައް ނަންގަތް ބާބު
﴿حُرِّمَتْ عَلَيْكُمُ الْمَيْتَةُ﴾ [سورة المائدة 3]
މާނައީ: “މުޅަތަކެތި ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރައްވާފައިވެއެވެ.”
އަދި سورة البقرة ގެ 173 ވަނަ سورة الأنعام ގެ 145 ވަނަ އާޔަތާއި، سورة النحل ގެ 115 ވަނަ އާޔަތުގައިވެސް މިފަދައިން އައިސްފައިވެއެވެ.
﴿فَكُلُوا مِمَّا أَمْسَكْنَ عَلَيْكُمْ﴾ [سورة المائدة 4]
މާނައީ: “ފަހެ، އެތަކެތި (އެބަހީ: ޝިކާރަކުރާ ޖަނަވާރުތައް) ތިޔަބައިމީހުންނަށް ހިފައިގެން ގެނެސްދޭ ތަކެތީގެ ތެރެއިން ތިޔަބައިމީހުން ކާށެވެ!”
﴿وَطَعَامُ الَّذِينَ أُوتُوا الْكِتَابَ حِلٌّ لَّكُمْ﴾ [سورة المائدة 5]
މާނައީ: “އަދި ފޮތް ލިބުނު މީހުންގެ ކާނާވެސް (އެބަހީ: އަހުލުކިތާބީން ކަތިލާ ތަކެތި) ތިޔަބައިމީހުންނަށް ޙަލާލުވެގެންވެއެވެ.”
﴿وَمِنْ أَصْوَافِهَا وَأَوْبَارِهَا وَأَشْعَارِهَا أَثَاثًا وَمَتَاعًا إِلَىٰ حِينٍ﴾ [سورة النحل 80]
މާނައީ: “އަދި އެތަކެތީގެ ކެހެރިންނާއި، އެތަކެތީގެ ލޯލިންނާއި، އެތަކެތީގެ އިސްތަށިން، ގެވެހި ސާމާނާއި، ހިފައިގެންގުޅޭ ތަކެތި، ތިޔަބައިމީހުންނަށްޓަކައި، ވަކި މުއްދަތަކަށް ލެއްވިއެވެ.”
ނަޖިސް ފިލުވުމާއި އެކަމުގެ ބަޔާން ނަންގަތް ބާބު
﴿وَيُنَزِّلُ عَلَيْكُم مِّنَ السَّمَاءِ مَاءً لِّيُطَهِّرَكُم بِهِ﴾ [سورة الأنفال 11]
މާނައީ: “އަދި އެއިލާހު ތިޔަބައިމީހުން ޠާހިރު ކުރެއްވުމަށް ތިޔަބައިމީހުންގެ މައްޗަށް އުޑުން ފެން ބާވައިލެއްވިއެވެ.”
﴿فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُوا ۚ وَاللَّـهُ يُحِبُّ الْمُطَّهِّرِينَ﴾ [سورة التوبة 108]
މާނައީ: “ޠާހިރުވެގަތުމަށް ލޯބިކުރާ މީހުންތަކެއް އެމިސްކިތުގައި ވެއެވެ. ޠާހިރުވެގަންނަ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.”
﴿ وَثِيَابَكَ فَطَهِّرْ﴾ [سورة المدثر 4]
މާނައީ: “އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް ޠާހިރުކުރައްވާށެވެ!”
﴿وَيَسْأَلُونَكَ عَنِ الْمَحِيضِ ۖ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّـهُ ۚ إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ﴾ [سورة البقرة 222]
މާނައީ: “އަދި ޙައިޟާ ބެހޭގޮތުން އެބައިމީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އުނދަގޫ (ލިބެނިވި) ހަޑި އެއްޗެކެވެ. ފަހެ، ޙައިޟުގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާ ދުރުހެލިވާށެވެ! (އެބަހީ: ޖިމާޢު ނުވާށެވެ!) އަދި އެކަނބަލުން ހިނައި ޠާހިރުވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އެކަނބަލުންނާ ގާތް ނުވާށެވެ! ފަހެ، އެކަނބަލުން ހިނައި ޠާހިރުވެއްޖެނަމަ، ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވާފައިވާ ފަދައިން އެކަނބަލުން ގާތަށް ތިޔަބައިމީހުން ދާށެވެ! (އެބަހީ: ޖިމާޢުވުން ހުއްދައެވެ.) ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުން ދެކެވެސް އެއިލާހު ލޯބިވެވޮޑިގެންވެއެވެ.”
﴿حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنزِيرِ وَمَا أُهِلَّ لِغَيْرِ اللَّـهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ وَأَن تَسْتَقْسِمُوا بِالْأَزْلَامِ ۚ ذَٰلِكُمْ فِسْقٌ﴾ [سورة المائدة 3]
މާނައީ: “މުޅަތަކެއްޗާއި، (އޮހޮރޭ) ލެޔާއި، އޫރުމަހާއި، ﷲ ނޫން އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗާއި، ކަރުގައި ހިފައިގެން މަރައިލާ ތަކެއްޗާއި، ޖަހައި މަރައިލާ ތަކެއްޗާއި، އުސްތަނަކުން ވެއްޓި މަރުވާ ތަކެއްޗާއި، (އެހެން ޖަނަވާރެއްގެ) ދަޅުންޖަހައިގެން މަރުވާތަކެއްޗާއި، މިނިކާ ޖަނަވާރެއް (އެއްބައި) ކައިފައިވާ ތަކެތި، ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރައްވާފައިވެއެވެ. (މިތަކެތީގެ ތެރެއިން ފުރާނަހުއްޓައި އެއެއްޗެއް އަތުޖެހި ޝަރުޢީ ހަމަތަކުގެ މަތިން) ތިޔަބައިމީހުން ކަތިލި އެއްޗެއް މެނުވީއެވެ. އަދި ބުދުތަކުގެ ނަން ގަނެ ކަތިލާ ތަކެއްޗާއި، އަޒްލާމު މެދުވެރިކޮށްގެން ތިޔަބައިމީހުންގެ ނަސީބު ހުރިގޮތާއި، ކަންތަކުގެ ރަނގަޅުގޮތް ބަލައިހެދުންވެސް، ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރައްވާފައިވެއެވެ. ފަހެ، އެކަންތައްތަކަކީ، ފާސިޤު ކަންތައްތަކެކެވެ.”
﴿يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ﴾ [سورة المائدة 90]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ.”
﴿قُل لَّا أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُ إِلَّا أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ اللَّـهِ بِهِ ﴾ [سورة الأنعام 145]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ކާ މީހަކަށް ކެއުން ޙަރާމްކުރައްވާފައިވާ އެއްޗެއް، ތިމަންކަލޭގެފާނަށް އިއްވެވި ވަޙީގެ ތެރޭގައި ވާތީ ދެކެވަޑައެއް ނުގަންނަވަމެވެ. އެ އެއްޗަކީ މަރުވެފައިވާ އެއްޗެއް ކަމުގައި، ނުވަތަ އޮހޮރޭ ލޭ ކަމުގައި، ނުވަތަ އޫރުމަސްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، އެ އޫރު މަހަކީ، ހަޑިމުޑުދާރު އެއްޗެކެވެ. ނުވަތަ ﷲ ނޫން ފަރާތަކަށް ކަތިލާފައިވާ ފާސިޤު އެއްޗެއްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. (އެބަހީ: މިހަތަރު ބާވަތް ޙަރާމްވެގެންވެއެވެ.)”
ވުޟޫގެ ޙުކުމްތައް ނަންގަތް ބާބު
﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَاطَّهَّرُوا﴾ [سورة المائدة 6]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން ޤަސްދުކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމައަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމައަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން ޠާހިރުވެގަންނާށެވެ!”
އަދި سورة النساء ގެ 43 ވަނަ އާޔަތުގައި ވެއެވެ.
﴿ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغْتَسِلُوا﴾ [سورة النساء 43]
މާނައީ: “އަދި މަގު ހުރަސްކޮށް ދަތުރުކުރާ ދަތުރުވެރިން މެނުވީ، ޖުނުބުވެރިވެގެންވާ ޙާލުވެސް، ތިޔަބައިމީހުން ހިނައިގެންފުމަށް ދާންދެން (ނަމާދާ ގާތްނުވާށެވެ!)”
ޚުއްފުގައި ފެންފުހުން ނަންގަތް ބާބު
﴿ وَأَرْجُلِكُمْ﴾ [سورة المائدة 6]
މާނައީ: “އަދި ތިޔަބައިމީހުންގެ ފައިތަކުގައި (އެބަހީ: ޚުއްފުގައި) ފެން ފުހޭށެވެ.”
މިއީ އެހެން ޤިރާއަތެކެވެ.
ވުޟޫ ގެއްލޭ ކަންކަން ނަންގަތް ބާބު
﴿ يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنتُمْ سُكَارَىٰ حَتَّىٰ تَعْلَمُوا مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغْتَسِلُوا ۚ وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا ﴾ [سورة النساء 43]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާންދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ ޙާލު ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ! އަދި މަގު ހުރަސްކޮށް ދަތުރުކުރާ ދަތުރުވެރިން މެނުވީ، ޖުނުބުވެރިވެގެންވާ ޙާލުވެސް، ތިޔަބައިމީހުން ހިނައިގެންފުމަށް ދާންދެން، (ނަމާދާ ގާތްނުވާށެވެ!) އަދި ބަލިމީހުން ކަމުގައި ތިޔަބައިމީހުން ވާނަމަ ނުވަތަ ދަތުރެއްގެ މަތީގައިވާނަމަ ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އައިނަމަ (އެބަހީ: ކުޑަކަމު ނުވަތަ ބޮޑުކަމު ހިނގައްޖެނަމަ) ނުވަތަ އަންހެނުންގައި ތިޔަބައިމީހުން ޖިމާޢުވެއްޖެނަމަ، ދެން ތިޔަބައިމީހުންނަށް ފެން ނުލިބިއްޖެނަމަ ޠާހިރު ވެލިން ތިޔަބައިމީހުން ތަޔައްމަމު ކުރާށެވެ!”
އަދި سورة المائدة ގެ 6 ވަނަ އާޔަތުގައިވެސް މިފަދައިން އައިސްފައިވެއެވެ. އަދި އެހެން ޤިރާއަތެއްގައި ވެއެވެ.
﴿أو لمستم﴾
މާނައީ: “ނުވަތަ އަންހެނުންގައި ތިޔަބައިމީހުން ބީހިއްޖެނަމަ، ދެން ތިޔަބައިމީހުންނަށް ފެން ނުލިބިއްޖެނަމަ ޠާހިރު ވެލިން ތިޔަބައިމީހުން ތަޔައްމަމު ކުރާށެވެ!”
﴿وَمَن يَرْتَدِدْ مِنكُمْ عَن دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَـٰئِكَ حَبِطَتْ أَعْمَالُهُمْ﴾ [سورة البقرة 217]
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ، ކާފިރަކު ކަމުގައިވާ ޙާލު މަރުވާ މީހުންނީ، ދުނިޔެއާއި އާޚިރަތުގައި އެބައިމީހުންގެ ޢަމަލުތައް ބާޠިލުވެފައިވާ ބަޔެކެވެ.”
﴿لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ﴾ [سورة الزمر 65]
މާނައީ: “ކަލޭގެފާނު ޝަރީކު ކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލުވެއްޖައީސްކަން ކަށަވަރެވެ.”
ހިނައިގަތުމާއި ޖުނުބުގެ ޙުކުމް ނަންގަތް ބާބު
﴿ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغْتَسِلُوا﴾ [سورة النساء 43]
މާނައީ: “އަދި މަގު ހުރަސްކޮށް ދަތުރުކުރާ ދަތުރުވެރިން މެނުވީ، ޖުނުބުވެރިވެގެންވާ ޙާލުވެސް، ތިޔަބައިމީހުން ހިނައިގެންފުމަށް ދާންދެން (ނަމާދާ ގާތްނުވާށެވެ!)”
﴿وَإِن كُنتُمْ جُنُبًا فَاطَّهَّرُوا﴾ [سورة المائدة 6]
މާނައީ: “އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން ޠާހިރުވެގަންނާށެވެ!”
﴿ فَإِذَا تَطَهَّرْنَ فَأْتُوهُنَّ﴾ [سورة البقرة 222]
މާނައީ: “ފަހެ އެކަނބަލުން ހިނައި ޠާހިރުވެއްޖެނަމަ އެކަނބަލުން ގާތަށް ތިޔަބައިމީހުން ދާށެވެ!”
﴿لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ﴾ [سورة الواقعة 79]
މާނައީ: “ޠާހިރުވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެއެވެ.”
ތަޔައްމަމުގެ ޙުކުމްތައް ނަންގަތް ބާބު
﴿فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ﴾ [سورة النساء 43]
މާނައީ: “ފަހެ، ތިޔަބައިމީހުންނަށް ފެން ނުލިބިއްޖެނަމަ ޠާހިރު ވެލިން ތިޔަބައިމީހުން ތަޔައްމަމު ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި (އެ ވެލިން) ފުހޭށެވެ!”
އަދި سورة المائدة ގެ 6 ވަނަ އާޔަތުގައި ވެއެވެ.
﴿فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ﴾
މާނައީ: “ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ!”
ޙައިޟުގެ ޙުކުމްތައް ނަންގަތް ބާބު
﴿وَيَسْأَلُونَكَ عَنِ الْمَحِيضِ ۖ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّـهُ ۚ إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ﴾ [سورة البقرة 222]
މާނައީ: “އަދި ޙައިޟާ ބެހޭގޮތުން އެބައިމީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ. ފަހެ، ޙައިޟުގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާ ދުރުހެލިވާށެވެ! (އެބަހީ: ޖިމާޢު ނުވާށެވެ!) އަދި އެކަނބަލުން (ހިނައި) ޠާހިރުވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އެކަނބަލުންނާ ގާތްނުވާށެވެ! ފަހެ، އެކަނބަލުން ހިނައި ޠާހިރުވެއްޖެނަމަ، ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވާފައިވާ ފަދައިން އެކަނބަލުން ގާތަށް ތިޔަބައިމީހުން ދާށެވެ! (އެބަހީ: ޖިމާޢުވުން ހުއްދައެވެ.) ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުން ދެކެވެސް އެއިލާހު ލޯބިވެވޮޑިގެންވެއެވެ.”
އަދި އެހެން ޤިރާއަތެއްގައިވެއެވެ.
﴿حَتَّىٰ يَطَّهَّرن﴾ [سورة البقرة 222]
މާނައީ: “އަދި އެކަނބަލުން ހިނައި ޠާހިރުވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އެކަނބަލުންނާ ގާތްނުވާށެވެ!”
_______________________________