ޙަސަދަވެރިކަމަކީ ނަފްސާނީ ބަލިތަކުންކުރެ ބައްޔެކެވެ. އެކަން ޢާންމު ގޮތެއްގައި މެދުވެރިވަނީ އެއްކޮށް އުޅޭ މީހުންގެ މެދުގައެވެ. އެއީ އެކެއްގެ ކިބައިގައި ހުރި މޮޅުކަމަށް އަނެކަކު ނުރުހުމުންނެވެ. އަދި އެއީ ޝައިޠާނާގެ ދަންތުރަތަކުގެ ތެރެއިން އެންމެ ބޮޑު އެއް ދަންތުރަވެސްމެއެވެ. އަދި އެއީ ޔަހޫދީންގެ ނުބައި ސިފަތަކުން ކުރެ ސިފައެއްވެސް މެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّـهُ مِن فَضْلِهِ ۖ فَقَدْ آتَيْنَا آلَ إِبْرَاهِيمَ الْكِتَابَ وَالْحِكْمَةَ وَآتَيْنَاهُم مُّلْكًا عَظِيمًا﴾ [سورة النساء ٥٤]
މާނައީ: “ނުވަތަ ﷲގެ ފަޟްލުވަންތަކަމުގެ ތެރެއިން، އެއިލާހު މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން (އެބަހީ: ޔަހޫދީން) މީސްތަކުންނަށް ޙަސަދަވެރިވަނީ ހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، އިބްރާހީމުގެފާނުގެ އާލުންނަށް ފޮތާއި ޙިކުމަތް ތިމަންއިލާހު ދެއްވީމެވެ. އަދި ބޮޑުވެގެންވާ ވެރިކަމެއް، ތިމަންއިލާހު އެއުރެންނަށް ދެއްވީމެވެ.”
އެއީ ހިތުގައި އަނދަ އަނދާ ހުންނަ އަލިފާނެކެވެ. އެކަމުގެ ތެރެއަށް ވަދެއްޖެމީހަކަށް ﷲގެ ޢަޛާބު ޙައްޤުވެގެން ހިނގައިދާނެއެވެ.
ބުނެވެއެވެ. ﷲ ތަޢާލާއަށް އެންމެ ފުރަތަމަ އުރެދެވުނީ ތިން ފާފައަކުންނެވެ. އެއީ މާ ބޮޑަށް ކަންކަން ބޭނުންވުމާއި ކިބުރުވެރިކަމާއި ޙަސަދަވެރިކަމެވެ. ފަހެ މާ ބޮޑަށް ކަމަކަށް ބޭނުންވެވަޑައިގަތީ އާދަމު ޢަލައިހިއްސަލާމް އެވެ. ކިބުރުވެރިކަން ފެނުނީ އިބްލީހުގެ ފުށުންނެވެ. އަދި ޙަސަދަވެރިކަން ފެނުނީ ޤާބީލުގެ ފުށުންނެވެ. ފަހެ އޭގެ ސަބަބުން އޭނާ، އޭނާގެ އަޚް ހާބީލު ޤަތުލުކުރިއެވެ.
= ނުނިމޭ =
_________________________________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.