ނަސްޚުކުރެއްވުމުގެ ޙިކުމަތްތައް:
އެކަމުގައި ވަރަށް ގިނަ ޙިކުމަތްތަކެއްވެއެވެ. އޭގެ ތެރޭގައި:
- ޝަރުޢުކުރެއްވުމުގައި އަޅުތަކުންގެ މަޞްލަޙަތުތަކަށް ރިޢާޔަތްކުރެއްވުން: އެގޮތުން އެބައިމީހުންނަށް ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން އެންމެ ފައިދާ ހުރި ގޮތް އެއިލާހު ލެއްވިއެވެ.
- އެންމެ ފުރިހަމަ ގޮތަށް ވާޞިލުވަންދެން ޝަރުޢުކުރެއްވުމުގައި މަރުޙަލާތަކެއްގައި އެކަން ލެއްވުން.
- މުކައްލަފުން އިމްތިޙާނުކުރެއްވުން: އެއް ޙުކުމުން އަނެއް ޙުކުމަށް ބަދަލުވުމުގައި އެބައިމީހުން ތައްޔާރަށް ތިބި މިންވަރު ބެއްލެވުމާއި އެކަމާމެދު އެބައިމީހުން ރުހޭތޯ ބެއްލެވުން.
- ނަސްޚުކުރެއްވީ ކުރީގެ ޙުކުމަށް ވުރެ ލުއި ފަސޭހަ ކަމަކަށް ނަމަ މުކައްލަފުން ޝުކުރުވެތިވޭތޯ ބެއްލެވުމާއި ނަސްޚުކުރެއްވީ ކުރީގެ ޙުކުމަށް ވުރެ ބުރަ ޙުކުމަކަށްނަމަ އެބައިމީހުން ކެތްތެރިވޭތޯ ބެއްލެވުން.
= ނިމުނީ =
————————————
الأصول من علم الأصول لفضيلة الشيخ محمد بن صالح العثيمين – رحمه الله –