[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާން ދަސްކުރުމަށް އެންމެ ރަނގަޅު ގޮތް 4

ޤުރުއާނުގައިވާ މުތަޝާބިހު އާޔަތްތައް ވަކި ކުރާނީ ކިހިނެތް؟

ދެ އާޔަތެއް އޮޅުން އަރާނަމަ އެންމެ މޮޅު ގޮތަކީ މުޞްޙަފު ހުޅުވައިގެން ދެ އާޔަތްވެސް ބެލުމެވެ. އަދި ދެއާޔަތުގައިވާ ފަރަޤާމެދު ވިސްނާ ފިކުރުކުރުމެވެ. އަދި އެ ދެއާޔަތް ވަކި ކުރާނޭ ޤަވާއިދެއް އަމިއްލަށް ކަނޑައެޅުމެވެ. އަދި މުރާޖަޢާކުރާއިރު އެ ތަފާތާމެދު ތަކުރާރުކޮށް ވިސްނައި އެފަދަ މުތަޝާބިހު (ވައްތަރު) އާޔަތްތައް ރަނޅަށް ދެނެގަންނާށެވެ.

 

ހިތުދަސްކުރުމުގެ ބައެއް ޤަވާޢިދުތައް

  1. ހިތުދަސްކުރާއިރު ޝެއިޚަކަށް (ނުވަތަ އުސްތާޒަކަށް) ކިޔައިދޭށެވެ. އެއީ ތިބާއަށް ކިޔޭ ކުށްތައް އިޞްލާޙުކޮށްދިނުމަށެވެ.
  2. ކޮންމެ ދުވަހަކުވެސް ދެ ޞަފްޙާ ދަސްވޭތޯ މަސައްކަތްކުރާށެވެ. ފަތިސް ފަހުން އެއް ޞަފްޙާ ދަސްކޮށްފައި ޢަޞުރު ފަހުން ނުވަތަ މަޣްރިބު ފަހުން އަނެއް ޞަފްޙާ ދަސްކުރާށެވެ. އެގޮތަށް ދަސްކޮށްފިނަމަ އެއް އަހަރު ތެރޭ ޤުރުއާން ރަނގަޅަށް ދަސްވާނެއެވެ. އަދި އެ ދަސްކުރާބައި ރަނގަޅަށް ދަސްވެފައި ހުންނާނެއެވެ. މާ ގިނައިން ދަސްކުރަންޏާ އެ ދަސްކުރާ ބައި އެހާ ފަރިތަ ނުވުން އެކަށީގެންވެއެވެ.
  3. ނާސް ސޫރަތުން ފެށިގެން ބަޤަރާ ސޫރަތަށް ދަސްކުރާށެވެ. އެގޮތަށް ދަސްކުރަން މާ ފަސޭހަވާނެއެވެ. މުޅި ޤުރުއާން އެކީ ދަސްވުމުން މުރާޖަޢާކުރާއިރު ބަޤަރާ ސޫރަތުން ނާސް ސޫރަތަށް މުރާޖަޢާ ކުރާށެވެ.
  4. އަބަދުވެސް ޤުރުއާނުގެ އެއް ޗާޕަކުން ކިޔަވަން އާދަކުރާށެވެ. އޭރުން ހިތުދަސްކުރާ ބައި ހަރުލުމަށް އެޅޭ ބާރަކަށް އެކަން ވެގެންދާނެއެވެ. އަދި އާޔަތްތައް ހުންނަ ތަން އަވަހަށް ހަނދާނަށް ގެންނަން ފަސޭހަވާނެއެވެ. އަދި ޞަފްޙާތަކުގެ ފެށޭ ތަނާއި ނިމޭތަން ހަނދާނަށް ގެންނަށް ފަސޭހަވާނެއެވެ.
  5. ޤުރުއާން ހިތުދަސްކުރުމަށް ފަހު ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި ޤުރުއާން ހަނދުމަ ނެތުމަކީ ދަސްކުރާ އެންމެންނަށްވެސް ދިމާވާ ކަމެކެވެ. މި މަރުޙަލާއަށް ކިޔަނީ “ޖަމާކުރުމުގެ މަރުޙަލާ” އެވެ. ޤުރުއާން ހަނދާން ނެތޭތީ ނުވަތަ ގިނައިން ކުށް ކިޔޭތީ އެކަމާ ދެރަނުވާށެވެ. މިއީ އުނދަގޫ މަރުޙަލާއެކެވެ. ތިބާ ޤުރުއާން ދަސްކުރުމުން އެއްކިބާކުރުމަށް އެދުވަސްވަރު ޝައިޠާނާ ނުހަނު މަސައްކަތް ކުރާނެއެވެ. އޭނާގެ ވަސްވާސްތަކުން ދުރުހެލިވެ، ޤުރުއާން ދަސްކުރުމުގައި ކުރިއަށް ދާށެވެ. ފަހެ ޤުރުއާން ދަސްކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ކަންޒެއް ނޫނެވެ.

= ނިމުނީ =

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް