މަތަނުތައް ހިތުދަސްކުރާ ގޮތް
ޙަދީޘްތަކެއް އެކުލެވޭ މަތަނެއް ދަސްކުރާނަމަ ކޮންމެ ދުވަހަކު 3 ޙަދީޘަށް ވުރެ ގިނައިން ދަސްނުކުރާށެވެ. އަދި ލިޔުމެއް ގޮތަށްވާ މަތަނެއް ދަސްކުރާނަމަ ކޮންމެ ދުވަހަކު 3 ފޮޅުވަތަށް ވުރެ ގިނައިން ދަސްނުކުރާށެވެ. އަދި ޅެން ބައިތުތަކެއްގެ ގޮތަށްވާ މަތަނެއް ދަސްކުރާނަމަ ކޮންމެ ދުވަހަކު 3 ބައިތަށް ވުރެ ގިނައިން ދަސްނުކުރާށެވެ. މިފަދައިން ދަސްކުރުމުން ދަސްކުރާ އެއްޗެއް ރަނގަޅަށް ހަރުލާނެއެވެ.
ދަސްކުރަންވީ ގޮތަކީ އެދަސްކުރަން ބޭނުންވާ ބައި ފަތިސް ފަހުން 20 ފަހަރު ކިޔައި ދަސްކުރާނީއެވެ. އަދި ޢަޞުރު ފަހުންވެސް އެބައި 20 ފަހަރު ހިތުން ކިޔާނީއެވެ. މިސާލަކަށް ابن مالك ގެ ألفية ދަސްކުރާނަމަ އާ ބައިތުތަކެއް ދަސްކުރުމުގެ ކުރީގައި ކުރީ ދުވަހު ދަސްކުރި ބައިތުތައް 20 ފަހަރު ހިތުން ކިޔާށެވެ. ދެން ابن مالك ގެ ألفية ފަށައިގެން އެދުވަހު އެދަސްކުރަން ޖެހޭ ހިސާބަށް ކިޔާށެވެ. މިފަދައިން ކޮންމެ ދުވަހެއްގައި ތަކުރާރުކޮށް ކުރިއަށް ގެންދާނީއެވެ. މިފަދައިން ކޮންމެ މަތަނެއް ދަސްކުރުމުގައިވެސް ކުރިއަށްދާށެވެ. ހަމައެއާއެކު މުރާޖަޢާކުރުމާއި ހިތުދަސްކުރުމާ އަދި ފޮތްކިޔުމާ ޢިލްމުވެރިންގެ ދަރުސްތަކަށް ޙާޟިރުވުމާއި އޮޅުން އަރާ ކަންކަމުގައި އެބޭފުޅުންނާ ސުވާލުކުރުމަށް ސަމާލުކަން ދޭށެވެ.
= ނުނިމޭ =
_________________________________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.