[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަތަނުތައް ހިދުތަސްކުރުން 4

އަބޫ އިސްޙާޤު އައްޝީރާޒީ އެއްޗެއް ދަސްކުރައްވާނަމަ 100 ފަހަރު ތަކުރާރުކޮށް އެ ކިޔުއްވައެވެ. އަދި އިލްކިޔާ އަލްހައްރާސީ އެއްޗެއް ދަސްކުރައްވައިފިނަމަ 70 ފަހަރު އެ ތަކުރާރުކުރައްވައެވެ. ތަކުރާރުކުރުމުގެ މުހިންމުކަން ދެނެގަތުމަށާއި ތަކުރާރު ނުކުރުމަކީ އަވަހަށް ހަނދާން ނެތުމުގެ ސަބަބެއްކަން ދެނެގަތުމަށްޓަކައި އަންނަނިވި ވާހަކަ ކިޔުއްވާށެވެ.

ޢިލްމު ހިތުދަސްކުރުމުގެ މުހިންމުކަމަށް ބާރުއަޅުއްވަމުން އިބްނުލް ޖައުޒީ ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް އަލްޙަސަން ކިޔައިދެއްވިއެވެ. – އެބަހީ: އިބްނު އަބޫ ބަކުރު އައްނައިސާބޫރީ ކިޔައިދެއްވިއެވެ. – ފިޤުހުވެރިބޭކަލަކު ގޭގައި ހުރެގެން، އެބޭކަލެއްގެ ފިލާވަޅުތައް ވަރަށް ގިނައިން ތަކުރާރުކުރެއްވިއެވެ. އެގޭގައި އުޅޭ މުސްކުޅި އަންހެނަކު އޭނާއަށް ބުންޏެވެ. އަހަންނަށްވެސް މިހާރު ތިޔަ ދަސްވެއްޖެއެވެ. ފަހެ އެބޭކަލަކު ވިދާޅުވިއެވެ. ކިޔައިދީ ބަލާށެވެ. ފަހެ އެ އަންހެން މީހާ (ހިތުން) އެ ކިޔައިދިނެވެ. ދުވަސްތަކެއް ފާއިތުވުމުން އެބޭކަލަކު އެ އަންހެން މީހާއަށް ވިދާޅުވެއްޖެއެވެ. އޭ އަންހެނާއެވެ. އެ ދަރުސް ކިޔައިދީބަލާށެވެ. ފަހެ އެ އަންހެން މީހާ ބުންޏެވެ. މިހާރު (ހިތުން) ކިޔައި ދޭކަށް ނޭނގޭނެއެވެ. ދެން އެބޭކަލަކު ވިދާޅުވެއްޖެއެވެ. ހިތުދަސްކުރާއިރު ތިމަން އެފަދައިން ގިނައިން ތަކުރާރު ކުރަނީ ތިޔަ ފަދައިން ނުވުމަށެވެ.”

ފަހެ ހިތުދަސްކުރާ އެއްޗެއް ރަނގަޅަށް ހަރުލާނީ ގިނައިން ތަކުރާރުކުރުމުންނެވެ. ތަކުރާރުކުރުމެއް ނެތި ހިތުދަސްކުރުމެއް ނުވެއެވެ.

މަތަނުތައް މުރާޖަޢާކުރާނީ ކިހިނެތް؟

އެކި ފަންނުތަކުގައި އެކި މަތަނުތައް ހިތުދަސްވެއްޖެނަމަ ކޮންމެ މަހަކު އެއްފަހަަރު ހުރިހާ މަތަނެއްވެސް މުރާޖަޢާކޮށްލަން ވާނެއެވެ. އޭރުން އެ މަތަނުތައް ބޮޑަށް ހަރުލާނެއެވެ. އަދި ދަލީލު ނެގުމުގައިވެސް، އަވަހަށް ހިތް މައްޗަށް ގެނައުމަށް ފަސޭހަވާނެއެވެ.

= ނިމުނީ =

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް