[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 2 –

ނަމާދު

 

﴿وَأَقِيمُوا الصَّلَاةَ﴾ [سورة البقرة 43]

މާނައީ: “އަދި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ!”

މިޞީޣާއިން ވަރަށް ގިނަ އާޔަތްތަކުގައި އައިސްފައިވެއެވެ.

އަދި  އަންނަނިވި ޞީޣާއިން ވެސް އައިސްފައިވެއެވެ.

﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ﴾ [سورة البينة 5]

މާނައީ: ” ބާޠިލު މަގުން އެއްކިބާވެތިބެ، ﷲ އަށް އަޅުކަން ޚާލިޞްކުރާޙާލު، ﷲ އަށް އަޅުކަންކުރުމަށާއި، ނަމާދު ޤާޢިމުކުރުމަށާއި، (ޒަކާތްދިނުމަށް) މެނުވީ، އެބައިމީހުންނަށް އަމުރުކުރައްވާފައެއް ނުވެއެވެ.”

އަދި سورة الروم ގެ 31 ވަނަ އާޔަތުގައި ވެއެވެ.

﴿وَأَقِيمُوا الصَّلَاةَ وَلَا تَكُونُوا مِنَ الْمُشْرِكِينَ﴾ [سورة الروم 31]

މާނައީ: “އަދި ތިޔަބައިމީހުން ނަމާދު ޤާޢިމުކުރާށެވެ! އަދި މުޝްރިކުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ!”

އަދި އޭގެ މާނަ ބަޔާން ކުރައްވާފައިވެއެވެ.

﴿فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ ۚ فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ﴾ [سورة التوبة 5]

މާނައީ: ” ފަހެ، ތިޔަބައިމީހުންނަށް މުޝްރިކުން ފެނުނު ކޮންމެ ތަނަކުން، ތިޔަބައިމީހުން އެބައިމީހުން ޤަތުލު ކުރާށެވެ! އަދި ތިޔަބައިމީހުން އެބައިމީހުން ހިފާށެވެ! އަދި އެބައިމީހުން ޙިޞާރުކުރާށެވެ! އަދި (އެބައިމީހުން އަތުލައިގަނެވޭނެ) ކޮންމެ ތަނެއްގައި އެބައިމީހުން އަތުލައިގަތުމަށްޓަކައި، ހުޝިޔާރުވެ ފިލައި ތިބޭށެވެ! ފަހެ، އެބައިމީހުން ތައުބާވެ، ނަމާދު ޤާޢިމުކޮށް، ޒަކާތްދީ އުޅެފިނަމަ، ދެން އެބައިމީހުން މިނިވަންކަމާއެކު ދޫކޮށްލާށެވެ!”

﴿حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ وَقُومُوا لِلَّـهِ قَانِتِينَ﴾ [سورة البقرة 238]

މާނައީ: “ތިޔަބައިމީހުން ނަމާދުތަކާއި އަދި މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާޢިމުވެ ތިބޭށެވެ!”

﴿فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا﴾ [سورة مريم 59]

މާނައީ: “ފަހެ، އެބޭކަލުންނަށްފަހު އެހެންބަޔަކު އައެވެ. އެބައިމީހުން ނަމާދު ދޫކޮށްލިއެވެ. އަދި ހަވާނަފްސުގެ އެދުންތަކަށް ތަބާވިއެވެ. ފަހެ، ނިކަންހުރެ އެބައިމީހުން ހަލާކާ ކުރިމަތިލާހުށްޓެވެ!”

_______________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ