[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަލަފް އަދި ސަލަފިއްޔާ – 1

ސަލަފް/ސަލަފިއްޔާ (السلف/السلفية) ގެ ލުޣަޥީ މާނަ:

ސަލަފިއްޔާ ނިސްބަތް ކުރެވިގެންވަނީ ޢަރަބި ލަފްޡެއް ކަމުގައިވާ “ސަލަފަ – سلف” މި ލަފްޡަށެވެ. ޢަރަބި މި ކަލިމައިގެ މާނައަކީ، ކުރިއެރުން ނުވަތަ އިސްވެދިއުމެވެ. އެހެންކަމުން ސަލަފްގެ މުރާދަކީ އިސްވެ ގޮސްފައިވާ ކަންކަމެވެ. ތަކެއްޗެވެ. ނުވަތަ އިހުގެ މީސްތަކުންނެވެ. އެގޮތުން މީހާގެ ސަލަފްއަކީ އެމީހާގެ އިސްވެ ގޮސްފައިވާ ކާބައިފައިންނެވެ.

ސަލަފު: (އެއީ) ތިބާގެ ކާބަފައިންނާއި ގާތްތިމާގެ މީހުންގެ ތެރެއިން އުމުރުގެ ގޮތުން ނުވަތަ މަތިވެރިކަމުގެ ގޮތުން ތިބާއަށް ވުރެ ކުރިއަރައި ގޮސްފައިވާ މީހުންނެވެ. ސަލަފަކީ، ތިބާ އިސްކޮށްފައިވާ (ކޮށް ނިންމާފައިވާ) ކޮންމެ ހެޔޮލަފާ ޢަމަލެކެވެ.

(މުޢުޖަމުލްޥަސީޠު)

ސަލަފް، މި ކަލިމައަކީ ކީރިތި ޤުރްއާނުގައި އަށް އާޔަތެއްގައި ވާރިދުވެގެން އައިސްފައިވާ ކަލިމައެކެވެ. އެއީ؛

 

(…فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّـهِ ۖ…﴿٢٧٥﴾)

ބަޤަރާ ސޫރަތުގެ 257،

މާނައީ: “ފަހެ، އެމީހާގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ وعظ އާއި نصيحة، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: رِبا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: رِبا ގެ حكم ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، اللَّه އަށް خاص ވެގެންނެވެ.”.

(وَلَا تَنكِحُوا مَا نَكَحَ آبَاؤُكُم مِّنَ النِّسَاءِ إِلَّا مَا قَدْ سَلَفَ ۚ إِنَّهُ كَانَ فَاحِشَةً وَمَقْتًا وَسَاءَ سَبِيلًا ﴿٢٢﴾)

ނިސާ ސޫރަތުގެ 22،

މާނައީ: “އަންހެނުންގެ ތެރެއިން ތިޔަބައިމީހުންގެ ބަފައިން ކާވެނިކުޅަ އަންހެނަކާ، ތިޔަބައިމީހުން ކާވެނި ނުކުރާހުށިކަމެވެ! އިސްވެދިޔަތާނގައި މެނުވީއެވެ. (އެބަހީ: ޖާހިލީ ޒަމާނުގައި ހިނގާދިޔަ ކަންތައްވަނީ عفو ކުރައްވާފައެވެ.) ހަމަކަށަވަރުން، އެކަމަކީ، ހުތުރުކަންބޮޑު ފާފައެއް ކަމުގައްޔާއި، އަދި، ނުރުއްސަވާ ކަމެއްކަމުގައިވިއެވެ. އަދި އެއީ، ހާދަހާ ނުބައިވެގެންވާ މަގެކެވެ”.

(وَأَن تَجْمَعُوا بَيْنَ الْأُخْتَيْنِ إِلَّا مَا قَدْ سَلَفَ ۗ إِنَّ اللَّـهَ كَانَ غَفُورًا رَّحِيمًا ﴿٢٣﴾)

ނިސާ ސޫރަތުގެ 23.

މާނައީ: ” އަދި، ވޭތުވެދިޔަ ޒަމާނުގައި މެނުވީ ދެ أخت ން ދެމެދު އެއްކުރުން (އެބަހީ: އެއްފަހަރާ ދެ أخت ންނާ އިނުން) ވެސް حرام ކުރެއްވިއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ”.

(عَفَا اللَّـهُ عَمَّا سَلَفَ ۚ وَمَنْ عَادَ فَيَنتَقِمُ اللَّـهُ مِنْهُ ۗ وَاللَّـهُ عَزِيزٌ ذُو انتِقَامٍ ﴿٩٥﴾)

މާއިދާ ސޫރަތުގެ 95،

މާނައީ: “(މި آية ބާވައިލެއްވުމުގެ) ކުރިން އިސްވެދިޔަ ކަންތައް اللَّه عفو ކުރައްވައިފިއެވެ. އަދި އެކަމަށް އެނބުރި إعادة ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން اللَّه ބަދަލުހިއްޕަވާނެތެވެ. اللَّه އީ، ބަދަލުހިއްޕެވުމުގެ ވެރި، عزيز ވަންތަ ރަސްކަލާނގެއެވެ”.

(قُل لِّلَّذِينَ كَفَرُوا إِن يَنتَهُوا يُغْفَرْ لَهُم مَّا قَدْ سَلَفَ وَإِن يَعُودُوا فَقَدْ مَضَتْ سُنَّتُ الْأَوَّلِينَ ﴿٣٨﴾)

އަންފާލް ސޫރަތުގެ 38،

މާނައީ: ” كافر ވި މީހުންނަށް، ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން (ހަނގުރާމަކުރުމާއި، كافر ކަން) ހުއްޓާލައިފިނަމަ، އެއުރެންނަށް އިސްވެގޮސްފައިވާ ފާފަތައް ފުއްސަވާހުށްޓެވެ. އަދި އެއުރެން (އެކަންކަމަށް) އަލުން އެނބުރި އަންނަނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިސްވެދިޔަ މީހުންނަށް ވެގެންދިޔަގޮތުގެ މިސާލު ފާއިތުވެ ހިނގައްޖެއެވެ”.

(هُنَالِكَ تَبْلُو كُلُّ نَفْسٍ مَّا أَسْلَفَتْ ۚ وَرُدُّوا إِلَى اللَّـهِ مَوْلَاهُمُ الْحَقِّ ۖ وَضَلَّ عَنْهُم مَّا كَانُوا يَفْتَرُونَ ﴿٣٠﴾)

ޔޫނުސް ސޫރަތުގެ 30،

މާނައީ: ” އެތާނގައި ކޮންމެ نفس އަކަށްމެ، އެ نفس އެއް އިސްކުޅަ عمل އެއްގެގޮތް އެނގޭނެތެވެ. އަދި އެއުރެންގެ އެހީތެރިވަންތަ، حق ވަންތަ اللَّه ގެ حضرة އަށް އެއުރެން ރައްދުކުރައްވާނެތެވެ. އަދި އެއުރެން ދޮގުން އުފައްދައިގެން އުޅުނު ކަންތައްތައް، އެއުރެންގެ ކިބައިން ގެއްލިގެން ހިނގައިދާނެތެވެ”.

(فَجَعَلْنَاهُمْ سَلَفًا وَمَثَلًا لِّلْآخِرِينَ ﴿٥٦﴾)

ޒުޚްރުފް ސޫރަތުގެ 56

މާނައީ: “ފަހެ، (އޭގެ ފަހުން އައި މީހުންގެ ތެރެއިން كافر ވި) އެހެން މީހުންނަށް އެއީ އިސްވެ ގޮސްފައިވާ ބައެއް ކަމުގައްޔާއި ، (عبرة އެކުލެވުގެންވާ) مثال އެއް ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ”.

(كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ ﴿٢٤﴾)

އަދި ޙާއްޤަ ސޫރަތުގެ 24 ވަނަ އާޔަތުގައެވެ.

މާނައީ: “(އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ عمل ތަކުގެ ޖަޒާއެއްގެ ގޮތުންނެވެ”.

މިހުރިހާ ތަނެއްގައިވެސް ސަލަފްގެ މާނަ ދައުރުވަނީ، އިސްވެ ގޮސްފައިވާ، ކުރީގެ، ވޭތުވެދިޔަ ނުވަތަ ވާހަކަ ދެކެވުނު ޒަމާނުގެ ކުރިން، މިފަދަ މާނަތައް ވަށައިގެންނެވެ.

 

===ނުނިމޭ===

 

މަރުޖިޢު: مدخل إلى فهم السلفية