[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަލަފް އަދި ސަލަފިއްޔާ – 2

މީގެ އިތުރުން ސަލަފް، މި ލަފްޡަކީ ކައު އިތުރު މާތް ނަބިއްޔާ صلى الله عليه وسلـم ގެ ސުންނަތުން ރިވާވެގެން އައިސްފައިވާ ޙަދީޘްފުޅުތަކުގައި ވެސް ވާރިދުވެފައިވާ ލަފްޡެކެވެ. އެގޮތުން؛

އެގޮތުން ، އެކަލޭގެފާނު صلى الله عليه وسلـم ގެ ދަރިކަނބަލުން ފާޠިމާ رضي الله عنها އަށް:

“نِعْمَ السَّلَفُ أنَا لَكِ”

(ބުޚާރީ 8/64-6285، މުސްލިމް 4/1904-2450)،

މާނައީ: “ކަމަނާއަށްޓަކައި ތިމަންކަލޭގެފާނީ ކޮންފަދަ ހެޔޮވެގެންވާ ސަލަފެއް ހެއްޔެވެ”.

މިފަދައިން އެކަލޭގެފާނު ކުރެއްވި ޙަދީޘްފުޅާއި،

އެކަލޭގެފާނުގެ ދަރިކަނބަލުން ޒައިނަބު رضي الله عنها އަށް:

“الحقي بسلفنا الصالح الخيرعثمان بن مظعون”

(މުސްނަދު އަޙްމަދު 2-530، 2127)

މާނައީ: “ތިމަންމެންގެ ހެޔޮލަފާ ޞާލިޙު ސަލަފު (ކަމުގައިވާ) ޢުޘްމާނު ބިން މަޠްޢޫން އާއި ބައްދަލު ކުރާށެވެ”.

މިފަދައިން އެކަލޭގެފާނު صلى الله عليه وسلـم ކުރެއްވި ޙަދީޘްފުޅު ހިމެނެއެވެ.

ހަމައެފަދައިން، އިހުގެ ބޮޑެތި އިމާމުންނާއި ޢިލްމުވެރިންގެ ބަސްފުޅުތަކުގައި ވެސް އެކިއެކި މަޤާމްތަކުގައި މި ލަފްޛު ޛިކުރު ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި އަލްއިމާމް އަލްއަޥްޒާޢީ رحمه الله ވިދާޅުވެފައިވެއެވެ:

“عليك بآثار من سلف وإن رفضك الناس”. (الشريعة للآحري ، ص: 102، صححه الألباني، مختصر العلو, ص: 138).

މާނައީ: “ތިބާގެ މައްޗަށް (ހިފެހެއްޓުން ލާޒިމުވެގެން) ވަނީ ތިބާގެ ކުރީގެ (ބޭކަލުންގެ) އަޘަރެވެ. އެއީ މީސްތަކުން ތިބާގެ ކިބައި (މޫނުު) އަނބުރާލިޔަސް މެއެވެ”

އަދި އިމާމް އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ:

“…وإنما يسلك في هذا المقام مذهب السلف الصالح، مالك والأوزاعي، والثوري والليث بن سعد ، والشافعي وأحمد ، وإسحاق…”. (تفسير القرآن العظيم لابن كثير, ج2 – ص:221)

“މިމަޤާމުގައި ހަމައެކަނި ހިފޭނީ ސަލަފުއްޞާލިޙުން (އިހުގެ ޞާލިޙު ބޭކަލުން) ގެ މަޛްހަބުގައެވެ. (އިމާމް) މާލިކު އާއި، އައްއަޥްޒާޢީ އާއި، އައްޘަޥްރީ އާއި، އައްލައިޘް ބިން ސަޢްދު އާއި އައްޝާފިޢީ އާއި އަޙްމަދު އާއި އިސްޙާޤް… އެވެ”.

— ނުނިމޭ —