[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 3 –

ނަމާދު ވަގުތުތައް ނަންގަތް ބާބު

 

﴿إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا﴾ [سورة النساء 103]

މާނައީ: “ހަމަކަށަވަރުން ނަމާދަކީ މުއުމިނުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަމުގައި ވެއެވެ.”

﴿وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِّنَ اللَّيْلِ﴾ [سورة هود 114]

މާނައީ: “އަދި ދުވާލުގެ ދެކޮޅުގައްޔާއި، ރޭގަނޑުން ބައެއްގައި ކަލޭގެފާނު ނަމާދު ޤާއިމުކުރައްވާށެވެ!”

﴿أَقِمِ الصَّلَاةَ لِدُلُوكِ الشَّمْسِ إِلَىٰ غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ﴾ [سورة الإسراء 78]

މާނައީ: “އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމައަށް، ކަލޭގެފާނު ނަމާދު ޤާއިމުކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި، މަޣްރިބު ނަމާދާއި، ޢިޝާ ނަމާދު ޤާއިމުކުރައްވާށެވެ!) އަދި ފަތިސްނަމާދު ކުރައްވާށެވެ!”

﴿ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا ۖ وَمِنْ آنَاءِ اللَّيْلِ فَسَبِّحْ وَأَطْرَافَ النَّهَارِ لَعَلَّكَ تَرْضَىٰ﴾ [سورة طه 130]

މާނައީ: ” އަދި އިރުއެރުމުގެ ކުރީގައްޔާ އަދި އިރުއޮއްސުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރި ރައްބަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ! (އެބަހީ: ނަމާދު ކުރައްވާށެވެ!) އަދި ރޭގަނޑުގެ ވަގުތުތަކުން ބައެއް ގައްޔާއި، ދުވާލުގެ ދެކޮޅުގައި ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ! (އެބަހީ: ނަމާދު ކުރައްވާށެވެ!) އެއީ ކަލޭގެފާނު ރުހިވަޑައިގަތުމަށްޓަކައެވެ.”

އަދި سورة ق ގެ 39 ވަނަ އާޔަތުގައި ވެއެވެ.

﴿ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ ﴾ [سورة ق 39]

މާނައީ: “އަދި އިރު އެރުމުގެ ކުރީގައްޔާއި، އޮއްސުމުގެ ކުރީގައި، (ކަލޭގެފާނުގެ ވެރި ރައްބަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވެ، ނަމާދު ކުރައްވާށެވެ!)”

﴿ فَسُبْحَانَ اللَّـهِ حِينَ تُمْسُونَ وَحِينَ تُصْبِحُونَ [١٧] وَلَهُ الْحَمْدُ فِي السَّمَاوَاتِ وَالْأَرْضِ وَعَشِيًّا وَحِينَ تُظْهِرُونَ [١٨] ﴾ [سورة الروم 17-18]

މާނައީ: “ފަހެ، ތިޔަބައިމީހުން ރޭގަނޑުގެ ތެރެއަށް ވަންނަ ހިނދުގައްޔާއި، ފަތިހުގެ ތެރެއަށް ވަންނަހިނދު، ﷲ އަށް ތަސްބީޙަ ކިޔައި ނަމާދުކުރާށެވެ! [17] އުޑުތަކާއި، ބިމުގައި އެންމެހާ ތަޢުރީފާއި ޘަނާ މިލްކުވެގެންވަނީ އެއިލާހަށެވެ. އަދި އަނދިރިވަމުން އަންނަ ވަގުތުގައްޔާއި، ތިޔަބައިމީހުން މެންދުރުގެ ތެރެއަށް ވަންނަ ހިނދުގައިވެސްމެއެވެ. (އެބަހީ: އެވަގުތުތަކުގައި، ﷲ އަށް ތިޔަބައިމީހުން ތަސްބީޙަ ކިޔައި ނަމާދުކުރާށެވެ!) [18]”

﴿وَأَقِمِ الصَّلَاةَ لِذِكْرِي﴾ [سورة طه 14]

މާނައީ: “އަދި ތިމަންއިލާހު ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު ޤާއިމުކުރައްވާށެވެ!”

﴿فَوَيْلٌ لِّلْمُصَلِّينَ [٤] الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ [٥]﴾ [سورة الماعون 4-5]

މާނައީ: “ފަހެ، އެބައިމީހުންގެ ނަމާދާމެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ.”

_______________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ