[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަލަފް އަދި ސަލަފިއްޔާ – 5

އިސްލާމް ދީން ރައްކާތެރިކޮށް ، އެދީނުގެ ސާފުކަމަށް އިސްލާމީ އުންމަތް އަނބުރާ ގެނައުމަށްޓަކައި ސަލަފުއްޞާލިޙުންގެ މަންހަޖުގެ ދައުރު:

ސަލަފުއްޞާލިޙުންގެ މަންހަޖަކީ އޭގެ އަމިއްލަ ޒާތުގައި ވަކިވެގަނެގެން އުޅޭ ވަކި ވިސްނުމެއް ، ފިކުރެއް ނުވަތަ އެދުރުގެއެއް ނޫނެވެ. އަދި އެއީ ވަކިވެގަނެގެން އުޅޭ ފިޤުހީ އިޚްރިޔާރާތުތަކެއް ވެސް ނުމެނޫނެވެ.

އެއާ ޚިލާފަށް އެއީ، ދީނުގެ ނައްޞުތައް ފަހުމުވުމުގައާއި އެއާ މެދުގައި މުޢާމަލާތް ކުރަންޖެހޭ ގޮތާއި އޭގައި ހިފެހެއްޓުމަށް ދަޢުޥަތު ދިނުން ނަމޫނާކޮށްދޭ އުންމަތުގެ އިމާމުންގެ ރާސްތާއެވެ. ވަކިން ޚާއްޞަ ގޮތެއްގައި އެއީ އުންމަތުގައި ފާޅުވެ ، ދީނުގެ ތެރެއަށް އަލަށް ވެއްދޭ ބިދުޢަތަކާއި، މަގުފުރެދުންތަކާ މެދުގައި ގެންގުޅެންޖެހޭ ހަރުދަނާ އުޞޫލުތަކެވެ.

ކޮންމެ ޤަރުނެއްގައިވެސް ފިތުނަތައް އޭގެ ބޯތައް ހިއްލާލައިފި ނަމަ ވަގުތުން އެ ފިތުނައެއް މައިތިރިކޮށް ހަމަންމަތަ ކުރެއްވުމަށްޓަކައި ދީނުގެ ޢިލްމުވެރިންގެ ތެރެއިން ބޭކަލުންތަކެއް ނިކުންނަވައި މީސްތަކުން ސަލަފުންގެ މަގަށް ރުޖޫޢަކުރައްވަން މަސައްކަތް ފައްޓަވައެވެ.

ފަހެ، ނަބިއްޔާ صلى الله عليه وسلـم ތަޢުރީފުކުރައްވައި ތަޒްކިޔާ ދެއްވާފައިވާ މާތްވެގެންވާ ޤަރުނުތަކުގެ  ސަލަފުއްޞާލިޙުންގެ މަގަށް މީސްތަކުންނަށް ދަޢުވަތު ދޭން މަސައްކަތްކުރާ ކޮންމެ އިޞްލާޙީ ޙަރަކާތަކީ މި މާނައިގައި “ސަލަފިއްޔަ ޙަރަކާތެ”ކެވެ.

===ނުނިމޭ===