ބަންގީގެ ޙުކުމްތައް ނަންގަތް ބާބު
﴿وَإِذَا نَادَيْتُمْ إِلَى الصَّلَاةِ اتَّخَذُوهَا هُزُوًا وَلَعِبًا﴾ [سورة المائدة 58]
މާނައީ: “އަދި ތިޔަބައިމީހުން ނަމާދަށް ގޮވައިފިނަމަ އެކަމަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި އެބައިމީހުން ހަދައެވެ.”
﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ﴾ [سورة الجمعة 9]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، ﷲ ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ!”
ނަމާދުގެ ޝަރުޠުތައް ނަންގަތް ބާބު
﴿وَمَن يَرْتَدِدْ مِنكُمْ عَن دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَـٰئِكَ حَبِطَتْ أَعْمَالُهُمْ﴾ [سورة البقرة 218]
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ، ކާފިރަކު ކަމުގައިވާޙާލު، މަރުވާ މީހުންނީ، (ދުނިޔެއާއި އާޚިރަތުގައި) އެބައިމީހުންގެ ޢަމަލުތައް ބާޠިލުވެފައިވާ ބަޔެކެވެ.”
﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ﴾ [سورة البينة 5]
މާނައީ: ” ބާޠިލު މަގުން އެއްކިބާވެތިބެ، ﷲ އަށް އަޅުކަން ޚާލިޞްކުރާޙާލު، ﷲ އަށް އަޅުކަންކުރުމަށާއި، (ނަމާދު ޤާޢިމުކުރުމަށާއި، ޒަކާތްދިނުމަށް) މެނުވީ، އެބައިމީހުންނަށް އަމުރުކުރައްވާފައެއް ނުވެއެވެ.”
﴿فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًا﴾ [سورة البقرة 239]
މާނައީ: “ފަހެ، ތިޔަބައިމީހުންނަށް ބިރުވެރިކަމެއް މެދުވެރިވެއްޖެނަމަ، ފައިމަގުގައި ހިނގަހިނގާތިބެގެން ނުވަތަ ސަވާރުވެތިބެގެން ނަމާދު ކުރާހުށިކަމެވެ!”
﴿فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ﴾ [سورة البقرة 150]
މާނައީ: “(ނަމާދުކުރައްވާއިރު) ޙުރުމަތްތެރިވެގެންވާ މިސްކިތާ ދިމާއަށް ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ! އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެތަނާ ދިމާއަށް (އެބަހީ: ގެފުޅާ ދިމާއަށް) ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ!”
سورة البقرة ގެ 144 ވަނަ އާޔަތުން 149 އާޔަތަށްވެސް މިވާހަކައެވެ.
﴿وَأَقِيمُوا وُجُوهَكُمْ عِندَ كُلِّ مَسْجِدٍ﴾ [سورة الأعراف 29]
މާނައީ: “އަދި ތިޔަބައިމީހުން ނަމާދުކުރާ ކޮންމެ ހިނދަކު، ތިޔަބައިމީހުންގެ މޫނުތައް (ޤިބުލައަށް) ސީދާ ކުރާށެވެ!”
﴿يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ﴾ [سورة الأعراف 31]
މާނައީ: “އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުން ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިވާށެވެ!”
﴿وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا﴾ [سورة النور 31]
މާނައީ: “އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ!”
﴿ وَثِيَابَكَ فَطَهِّرْ﴾ [سورة المدثر 4]
މާނައީ: “އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް ޠާހިރުކުރައްވާށެވެ!”
﴿وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ﴾ [سورة البقرة 125]
މާނައީ: “އަދި އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނަށް ތިމަންއިލާހު އެންގެވީމެވެ. ޠަވާފުކުރާ މީހުންނާއި އަޅުކަންކުރުމަށްތިބޭ މީހުންނާއި ރުކޫޢު ސުޖޫދުކުރާ މީހުންނަށްޓަކައި ތިޔަ ދެބަފައިކަލުން ތިމަންއިލާހުގެ ގެފުޅު ޠާހިރުކުރައްވާށެވެ!”
﴿لَا تَقْرَبُوا الصَّلَاةَ وَأَنتُمْ سُكَارَىٰ حَتَّىٰ تَعْلَمُوا مَا تَقُولُونَ﴾ [سورة النساء 43]
މާނައީ: “ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާންދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ ޙާލު ނަމާދާ ގާތްނުވާށެވެ!”
﴿إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا﴾ [سورة النساء 103]
މާނައީ: “ހަމަކަށަވަރުން ނަމާދަކީ މުއުމިނުންގެ މައްޗަށް ވަގުތު ކަނޑައެޅިގެންއޮތް ފަރުޟެއްކަމުގައި ވެއެވެ.”
﴿وَقُومُوا لِلَّـهِ قَانِتِينَ﴾ [سورة البقرة 238]
މާނައީ: “އަދި ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމުވެ ތިބޭށެވެ!”
_______________________________