[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް ކިޔުމަށް ފަހު ހަނދާން ނެތެންޏާ އެކަމުގެ ޙައްލަކީ ކޮބާ؟ 2

ޢިލްމު ޙާޞިލުކުރަމުންދާއިރު ހަނދުމަ ނެތުމަކީ މުރާޖަޢާކުރުމަށް ލިބިގެންދާ ބާރެކެވެ. އޭގެ ސަބަބުން ކިޔަވާ ކުއްޖާއަށް އެކަމުގައި ގިނަ ވަގުތު ހޭދަކުރުމުގެ ދަރުމަ ލިބިގެންދެއެވެ. އޭނާ ހަނދުމަ ނުނެތޭނަމަ (ދީނީ) ޢިލްމު ޙާޞިލުކުރުމުގެ އަޅުކަމުގެ އެއްވެސް މިންވަރެއް އޭނާގެ ޙަޔާތުން ނުފެނުނީހެވެ. (ދީން) ކިޔަވާ ކުއްޖާ ހަނދުމަ ނެތޭތީ، އޭނާ ގިނައިން ތަކުރާރުކޮށް އަދި މުރާޖަޢާކުރުން ހިމެނިގެން ދަނީ ﷲ ތަޢާލާ އޭނާއަށް ލެއްވި ރަޙުމަތެއްގެ ގޮތުގައެވެ. އެހެނީ އެޢަމަލުތަކަކީ އަޅުކަމެކެވެ. އެ އަޅުކަމަކީ އޭގެ ސަބަބުން އޭނާގެ ދަރަޖަ އާޚިރަތުގައި އުފުލިގެންދާނޭ ފަދަ މަތިވެރި ކަމެކެވެ.

އެއްޗެއް ކިޔުމަށް ފަހު ހަނދުމަ ނެތުމުގެ ސަބަބުން އެއެއްޗެއް ފާއިތުވިނަމަ އެކަމާ ހިތާމަ ނުކުރާށެވެ. ޢިލްމަކީ ވާދީތަކެކެވެ. އެދިރާސާ ކުރަމުން ދާއިރު ތިބާ ތިޔަވަނީ އަޅުކަމެއްގައެވެ.

 

* ފޮތް ކިޔުމުން ގިނައިން ހަނދުމަ ނެތޭނަމަ އެކަން ރަނގަޅު ކުރާނީ ކިހިނެތް

ފޮތްތައް ކިޔުއްވަމުން ދާއިރު ޢިލްމުވެރިންގެ ގޮތަކީ މުހިންމު ނުކުތާއެއް ފެނިއްޖެނަމަ އެފޮތުގެ ބަނޑޭރި ގަނޑުގެ އެތެރޭގައި (ނުވަތަ ފޮތުގެ ތެރޭގައިވާ ހުސްގަނޑެއްގައި) އެނުކުތާއެއް ލިޔުއްވުމެވެ. އެގޮތަށް ކުރިއަށް ދާނަމަ ދިގު ޒަމާންތަކެއްވުމުން ފެނިގެންދާނީ އެގޮތަށް ލިޔެފައިވާ ވަރަށް ގިނަ މަޢުލޫމާތު އެއްކުރެވިފައިވާ ތަނެވެ.

العِلمُ صَيدٌ والكِتابةُ قَيدُهُ *** قَيِّدْ صُيُودَكَ بالحِبالِ الواثِقَة

ޢިލްމަކީ ޝިކާރައެކެވެ. ލިޔުމަކީ އެ ހިފެހެއްޓޭނެ ކަމެކެވެ.

ތިބާގެ ޝިކާރަ ވަރުގަދަ ވާފަށްތަކަކުން ބަންނާށެވެ.

= ނިމުނީ =

__________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.