[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙަޔާތުގައި ކުރަން ހުރި ކަންކަން ޖަމާކުރުން

މިދުވަސްވަރަކީ އެކި ބާވަތްތަކުގެ އެދުންތައް ގިނަވެފައިވާ ދުވަސްވަރެކެވެ. އުންމީދުތައްވެސް ވަނީ ކުރިފަޅާފައެވެ. އެކި ބޭނުންތަކާއި މަޝްޣޫލު ކުރުވަނިވި ކަންތައްތަކެވެ. ހުރަސްތަކާއި އެދުންތަކުގެ ކުރިމަތީގައި އަޅާ ހުއްޓި ހުންނަނީ ޙައިރާންވެފައެވެ.

ގޭގައި ކުރަންޖެހޭ ކަންތައްތަކަކާއި އަދާކުރުން ވާޖިބު ކަންތައްތަކެވެ. އަނބިމީހާއަށް ދޭން ޖެހޭ ސަމާލުކަމާއި ކޮށްދޭން ޖެހޭ ކަންކަމެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ދޭން ޖެހޭ ޙައްޤުތަކެވެ. ރައްޓެހިންނާއެކު ބާއްވަން ޖެހޭ ގާތްކަމާއި އޮންނަން ޖެހޭ ވަފާތެރިކަމެވެ. ރަޙިމުގެ ގުޅުން ޤާއިމުކުރުމާއި އިޙްސާންތެރިވުމެވެ. އަވަށްޓެރިންގެ ޙާލުބެލުމާއި ޒިޔާރަތްކުރުމެވެ. ފަޤީރުންނަށް ހޭދަކުރުމާއި އަޅާލުމެވެ. ކާންބޯން މަސައްކަތްކުރުމަށްޓަކައި ހޭދަކުރުން ލާޒިމުވާ ވަގުތުތަކެވެ. ޢިލްމުވެރިންގެ ދަރުސްތަކަށް ޙާޟިރުވުމަށް ހިތުގައި ދެވިފައިވާ ޤަދަރާއި އެކަމަށް ކުރެވޭ އުންމީދުތަކެވެ. ޢިލްމީ ފޮތްތައް ދަސްކުރުމަށް ކުރެވޭ ފޮނި އުންމީދުތަކާއި ޢަޒުމެވެ. އެހުރިހާ ކަމެއްގެ ކުރިމަތީގައި ކިޔަވާ ކުއްޖާ ކަންބޮޑުވެފައި ޙައިރާންކަމާއެކު ހުއްޓި ހުރެއެވެ. އޭނާ މަސައްކަތްކުރަނީ އެހުރިހާ ހެވެއް ޖަމާކުރާށެވެ. ފަހެ އެ ހުރިހާ ކަމެއް ޖަމާކުރާނީ ކިހިނަކުން ހެއްޔެވެ؟

އެކަމަށްޓަކައި އެންމެ ބޮޑަށް ބޭނުންވަނީ ދުޢާކުރުމެވެ. އަދި އެމީހެއްގެ ވަގުތުގައި ބަރަކާތްލެއްވުމެވެ. އަދި ޙަޔާތުގެ ކަންކަން ތަރުތީބުކުރުމުގެ ހެޔޮ ތައުފީޤު ލިބުމެވެ. ފަހެ، އިސްލާމީ ޝަރީޢަތުގައި ދުނިޔަވީ ކަންކަމާއި ދީނީ ކަންކަން ޖަމާކުރުމުގެ ޤަވާޢިދެއްވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((فَإِنَّ لِزَوْجِكَ عَلَيْكَ حَقًّا، وَلِزَوْرِكَ عَلَيْكَ حَقًّا، وَلِجَسَدِكَ عَلَيْكَ حَقًّا)) [متفق عليه]

މާނައީ: “ފަހެ ހަމަކަށަވަރުން ތިބާގެ މައްޗަށް ތިބާގެ އަނބިމީހާގެ ޙައްޤުވެއެވެ. އަދި ތިބާގެ މެހެމާނުންގެ ޙައްޤުވެއެވެ. އަދި ތިބާގެ ހަށިގަނޑުގެ ޙައްޤުވެއެވެ.”

ފަހެ ކޮންމެ ޙައްޤުވެރިއަކަށްވެސް އެމީހެއްގެ ޙައްޤު ދޭށެވެ. އަދި ތިބާގެ ޢުމުރާއި ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. ހެޔޮކަމުގެ ކޮންމެ ދޮރެއްގައިވެސް ޓަކި ޖަހާށެވެ. އެފަދަ ކޮންމެ ކަމަކަށްވެސް ވަގުތު ދޭށެވެ. އިޚްލާޞްތެރި ނިޔަތަކާއެކު އެކަންކަން ކޮށްގެން ﷲ ތަޢާލާއާ ކުއްތަން ވާށެވެ. އަދި ފާފައަކަށް އަމުރު ނުކުރާހާ ހިނދަކު ތިބާގެ މައިބަފައިންނަށް އެންމެ ބޮޑު އިސްކަމެއް ދޭށެވެ. ފަހެ ހެޔޮކަމާއި ބަރަކާތް ލިބުމުގެ ސަބަބެއްކަމުގައި އެދެމީހުން ވެގެންދާނެއެވެ.

__________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.