- ޞައްޙަ މަގުން ވާރިދުވެފައިވާ ނަބަޥީ ސުންނަތަކީ ވެސް އިސްލާމް ދީނުގެ ޝަރީޢަތުގެ އަޞްލުތަކުގެ ތެރެއިން އަޞްލެއް ކަމުގައި ޤަބޫލުކުރުން؛
ފަހެ ނަބިއްޔާ صلى الله عليه وسلـم ގެ ސުންނަތަކީ މާތް ﷲ ގެ ޙަޟްރަތުން ބާވައިލެއްވިގެންވާ ޥަޙީއެކެވެ.
މާތް ﷲ ޥަޙީ ކުރައްވާފައިވެއެވެ:
“يَنطِقُ عَنِ الْهَوَىٰ ﴿٣﴾ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ ﴿٤﴾ “. (النجم: ٣ – ٤).
މާނައީ: “އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. – އެއީ އެކަލޭގެފާނަށް އިއްވަވާ وحى އެއްކަމުގައި ނޫނީ ނުވެތެވެ”.
އަދި އިތުރު އެކަލޭގެގެފާނު صلى الله عليه وسلـم ޙަދީޘްފުޅު ކުރެއްވިއެވެ:
“ألا إني أوتيت الكتاب ومثله معه”.) أبوداود 7/13 ، ނަންބަރު: 4604)
މާނައީ: “ދަންނާށެވެ. ހަމަޔަޤީނުންވެސް ތިމަންކަލޭގެފާނަށް (ﷲ ގެ) ފޮތާއި އެއާ އެއްފަދަ އެއްޗެއް އެފޮތާ އެކުއެކީގައި ދެއްވުނެވެ”.
ފަހެ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلـم ގެ ސުންނަތަށް ތަބާ ނުވެ، އޭގައި ނުހިފައި، ޙަޔާތުގައި ކުރިމަތިވާ ކަންކަން އެކަލޭގެފާނުގެ ސުންނަތަށް ރައްދު ނުކޮށް ، މާތް ﷲ ގެ ޝަރީޢަތަށް ތަބާވީ ކަމުގައެއް ނުބެލެވޭނެއެވެ.
މާތް ﷲ ޥަޙީ ކުރައްވާފައިވެއެވެ:
﴿قُلْ أَطِيعُوا اللَّـهَ وَالرَّسُولَ ۖ فَإِن تَوَلَّوْا فَإِنَّ اللَّـهَ لَا يُحِبُّ الْكَافِرِينَ ﴾ (آل عمران: ٣٢)
މާނައީ:” ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށާއި، رسول އާއަށް ކިޔަމަންވާށެވެ! ފަހެ، ތިޔަބައިމީހުން އެނބުރި ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، كافر ންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ”.
﴿وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّـهَ ۖ إِنَّ اللَّـهَ شَدِيدُ الْعِقَابِ﴾ الحشر: ٧
މާނައީ: “….އަދި رسول އާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ”.
===ނުނިމޭ===