[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަލަފް އަދި ސަލަފިއްޔާ – 14

  • އަމިއްލަ ބުއްދިއާއި ވިސްނުންތަކާއި އެނޫން ކަންކަން ޝަރުޢީ ނައްޞުތަކާ ފުށު ނޭރުވުން؛

ޞައްޙަ ނައްޞުތަކާއި ޞަރީޙަ ހަމަ ބުއްދިއާ ފުށުއެކުރުމަކީ މުސްތަޙީލު ކަމެކެވެ. އެހެނެއް ކަމަކު، އެކި މީސްތަކުންގެ ވިސްނުމާއި ދޭހަވުމުގެ ޤާބިލުކަން ތަފާތު ވެގެންވެއެވެ. އެއީ އެބައި މީހުންގެ ވަށައިގެންވާ މާޙައުލުން ނުވަތަ ލިބިފައިވާ މަޢުލޫމާތުން ނުވަތަ ތަޢައްޞުބުވާ ފިކުރުގެ ސަބަބުންނެވެ. އޭގެ ސަބަބުން ބައެއް މީހުންނަށް މިކަންކަމުގެ ކިބައިން ފުށުއަރާ ގޯސް ނުރަނގަޅު ތަޞައްވުރު ބައެއް ފަހަރު ވިސްނިފައި ހުރެއެވެ. އަދި ޙައްޤު ރަނގަޅު މަޢުލޫމާތު ފޯރުކޮށްދެވި ވިސްނައި ދެވިއްޖެ ނަމަ ހެޔޮ ގޮތް ފަހުމުވެ އެ ބަލައިގަނެއެވެ. މިއީ ވަރަށް ގިނައިން ވާކަމެކެވެ. މުސްލިމުންގެ މެދުގައި ވެސް މިކަން ފެނެއެވެ.

އިންސާނާއަށް ވިސްނޭ ވިސްނުމުގެ މައްޗަށް އެކަނި ބަރޯސާވެ ދީނުގެ ނައްޞުތަކުގެ މައްޗަށް ޙުކުމް ކަނޑަޅަން ވެއްޖެ ނަމަ ވަރަށް ގިނަ ނައްޞުތައް ބާޠިލު ކަމުގައި އޭނާ ބަލައިފީހެވެ. އެއީ އޭނާގެ ވިސްނުމަކީ މަޙްދޫދު އެއްޗެއް ކަމުގައި ވީހިނދު އެބުއްދިން ކިރޭނީ އެއަށް ލިބޭ ނުވަތަ ލިބިފައިވާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށްގެން އެކަނި ކަމުގައި ވާތީއެވެ. އޭގެ ބޭރުން އެއަށް ރަނގަޅަށް ޢިލްމު ލިބިފައިނުވާ އެއްވެސް އެއްޗަކަށް ކަމަކަށް ގޮތް ކިޔުމަކީ ކަމުގެ ޙަޤީޤަތް ކަނޑައެޅޭނެ ކަމެއް ނޫނެވެ. އެހެނީ އޭނާގެ ނިންމުން ނުބައި ވުމުގެ ފުރުޞަތު ބޮޑު ކަމުންނެވެ. އޭނާއަށް އެނގޭ އެއްޗަކަށް ވުރެ ނޭނގޭ އެއްޗެހި ގިނަކަމުންނެވެ.

ނަމަވެސް ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ގެ ޙަޟްރަތުން އަންނަ ބަސްފުޅެއް ނުވަތަ ކަނޑައެޅޭ ގޮތެއް ގޯސްވެގެން ނުދާނެއެވެ. ގޯސްވުމުގެ އެއްވެސް ފުރުޞަތެއް ޞައްޙަ ނައްޞުތަކުގައި ކިބައިން ފާޅުވުމަކީ މުސްތަޙީލު ކަމެކެވެ. އެހެންކަމުން ދީނުގެ ނައްޞުތަކުގެ މައްޗަށް ބަސް ބުނުމަކީ މާތް ﷲ ނަޙީ ކުރައްވާފައިވާ ބޮޑު މުންކަރާތެކެވެ. އެކަލާނގެ ޥަޙީ ކުރައްވާފައިވެއެވެ:

﴿يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّـهِ وَرَسُولِهِ ۖ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ سَمِيعٌ عَلِيمٌ﴾ (الحجرات: ١)

މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އާއި، އެކަލާނގެ رسول އާގެ حضرة ގައި ތިޔަބައިމީހުން (އެއްވެސްކަމެއްގައި) އިސްވެނުގަންނާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ“.

===ނުނިމޭ===