ޠަހާރަތުގެ މަތީގައި އޮވެ ކަނާތް ފަރާތަށް އެނބުރި، ޛިކުރުތައް ކިޔުމަށްފަހު ނިދާށެވެ. ދެން ފަތިސް ނަމާދަށް ގޮވުމުގެ ގަޑިއިރެއް ކުރިން ހޭލާފައި، ނިދިން ހޭލެވުމުން ކިޔާ ޛިކުރުތައް ކިޔާށެވެ. އޭރުން ޝައިޠާނާގެ ގޮށްތަކުން ސަލާމަތްވާނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«يَعْقِدُ الشَّيْطَانُ عَلَى قَافِيَةِ رَأْسِ أَحَدِكُمْ إِذَا هُوَ نَامَ ثَلاَثَ عُقَدٍ يَضْرِبُ كُلَّ عُقْدَةٍ عَلَيْكَ لَيْلٌ طَوِيلٌ، فَارْقُدْ فَإِنِ اسْتَيْقَظَ فَذَكَرَ اللَّهَ، انْحَلَّتْ عُقْدَةٌ، فَإِنْ تَوَضَّأَ انْحَلَّتْ عُقْدَةٌ، فَإِنْ صَلَّى انْحَلَّتْ عُقْدَةٌ، فَأَصْبَحَ نَشِيطًا طَيِّبَ النَّفْسِ وَإِلَّا أَصْبَحَ خَبِيثَ النَّفْسِ كَسْلاَنَ» [متفق عليه]
މާނައީ: “ތިޔަބައިމީހުން ކުރެ މީހަކު ނިދުމުން ޝައިޠާނާ އެމީހެއްގެ ފުށްކިބައިގައި ތިން ގޮށް ޖަހާނެއެވެ. އަދި ކޮންމެ ގޮށެއްގައި ޖަހާފައި ބުނާނެއެވެ. ފަހެ އޮށޯންނާށެވެ. ތިބާގެ ކުރިމަތީގައި ތިޔަވަނީ ދިގު ރެއެކެވެ. ފަހެ އެމީހަކު ހޭލާފައި ﷲ ގެ ޛިކުރުކޮށްފިއްޔާ ގޮށެއް މޮހެވިގެންދާނެއެވެ. ދެން ވުޟޫކޮށްފިއްޔާ ގޮށެއް މޮހެވިގެންދާނެއެވެ. އެއަށްފަހު ނަމާދުކޮށްފިއްޔާ ގޮށެއް މުހެވިގެންދާނެއެވެ. އޭރުން ހެނދުނުވާއިރު އެމީހެއްގެ ނަފްސު ހުންނާނީ ޙަރަކާތްތެރި ޙާލު، ހެޔޮކަމުގެ މަތީގައެވެ. ނޫންނަމަ ވާހުށީ ނުބައިކަމުގެ މަތީގައި ކަންނެތް ޙާލުގައެވެ.”
އަދި ނިދިން ހޭލާފައި މިފަދައިން ކިޔާށެވެ.
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
مَنْ تَعَارَّ مِنَ اللَّيْلِ فَقَالَ: لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ، ثُمَّ قَالَ اللَّهُمَّ اغْفِرْ لِي -أَوْ دَعَا- اسْتُجِيبَ لَهُ، فَإِنْ تَوَضَّأَ وَصَلَّى قُبِلَتْ صَلَاتُهُ.
މާނައީ: “ރޭގަނޑު ހޭލާފައި:
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
(މާނައީ: ﷲމެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވެއެވެ. އެއީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ. ވެރިކަންވަނީ އެއިލާހަށެވެ. އަދި އެންމެހާ ޙަމްދެއްވެސް ވަނީ އެއިލާހަށެވެ. އަދި އެއިލާހު ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ. އެންމެހާ ޙަމްދު ވަނީ ﷲއަށެވެ. އަދި ﷲ ހުސްޠާހިރުވަންތަވެވޮޑިގެންވެއެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އަދި ހުރިހާ އެއްޗަކަށްވުރެ ﷲ ބޮޑެވެ. އަދި ހެޔޮކަމެއް ކުރުމުގެ ބާރެއް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް އެއިލާހު ޙަޟްރަތުން މެނުވީ ނުވެއެވެ.”)
ދެން އެއަށްފަހު:
اللَّهُمَّ اغْفِرْ لِي
(މާނައީ: “އޭﷲ މިއަޅާގެ ފާފަފުއްސަވާނދޭވެ.”)
މިފަދައިން ބުނެފިމީހަކު ނުވަތަ ދުޢާކޮށްފިމީހަކު ދަންނައެވެ. އޭނާއަށް އިޖާބަކުރެވޭނެއެވެ. ފަހެ އޭނާ ވުޟޫކޮށްގެން ނަމާދުކޮށްފިނަމަ އޭނާގެ ނަމާދު ޤަބޫލުކުރެވޭނެއެވެ.”
ﷲ ގެ ޙަޟްރަތުން އެދެނީ ތިބާއަށް ދުނިޔެއާއި އާޚިރަތުގައިވެސް ބާއްޖަވެރި މީހެއްކަމުގައި ލެއްވުމަށެވެ. އަދި ކުރާ ކޮންމެ ކަމެއްގައި ތިބާއަށް ތައުފީޤު ދެއްވުމަށެވެ. އަދި ވީ ކޮންމެ ތަނެއްގައި ބަރަކާތް ލެއްވުމަށެވެ. އަދި އަޅަމެން އެންމެން ސުވަރުގޭގެ އެންމެ މަތީގައިވާ ފިރުދައުސުގައި ޖަމާކޮށްދެއްވުމަށެވެ.
وصلى الله وسلم على نبينا محمد وآله وصحبه أجمعين.
= ނިމުނީ =
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.