[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 5 –

ނަމާދުގައި ޚުޝޫޢަތްތެރިވުމަށް ބާރުއެޅުން ނަންގަތް ބާބު

 

﴿حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ وَقُومُوا لِلَّـهِ قَانِتِينَ﴾ [سورة البقرة 238]

މާނައީ: “ތިޔަބައިމީހުން ނަމާދުތަކާއި އަދި މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމުވެ ތިބޭށެވެ!”

﴿وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُونَ﴾ [سورة الأعراف 204]

މާނައީ: “އަދި ޤުރުއާން ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.”

﴿أَفَلَا يَتَدَبَّرُونَ الْقُرْآنَ﴾ [سورة محمد 24]

މާނައީ: “ފަހެ، ޤުރުއާނާމެދު އެބައިމީހުން ވިސްނާ ފިކުރު ނުކުރަނީހެއްޔެވެ؟”

﴿قَدْ أَفْلَحَ الْمُؤْمِنُونَ [١] الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ [٢]﴾ [سورة المؤمنون 1-2]

މާނައީ: “މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. [1] އެބައިމީހުންނީ، އެބައިމީހުންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. [2]”

﴿وَيَخِرُّونَ لِلْأَذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعًا﴾ [سورة الإسراء 109]

މާނައީ: “އަދި އެބައިމީހުން ރޮމުން މޫނުވަތަށް ސަޖިދައަށް ތިރިވެއެވެ. އަދި އެޤުރުއާން، އެބައިމީހުންނަށް މަޑުމޮޅިކަން އިތުރުކޮށްދެއެވެ.”

 

_______________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ