[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 6 –

މިސްކިތްތަކާ ބެހޭ ޙުކުމްތައް ނަންގަތް ބާބު

 

﴿وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ﴾ [سورة البقرة  125]

މާނައީ: “އަދި އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނަށް ތިމަންއިލާހު އެންގެވީމެވެ. ޠަވާފުކުރާ މީހުންނާއި އަޅުކަންކުރުމަށްތިބޭ މީހުންނާއި ރުކޫޢު ސުޖޫދުކުރާ މީހުންނަށްޓަކައި ތިޔަ ދެބަފައިކަލުން ތިމަންއިލާހުގެ ގެފުޅު ޠާހިރުކުރައްވާށެވެ!”

﴿ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغْتَسِلُوا﴾ [سورة النساء 43]

މާނައީ: “އަދި މަގު ހުރަސްކޮށް ދަތުރުކުރާ ދަތުރުވެރިން މެނުވީ، ޖުނުބުވެރިވެގެންވާ ޙާލުވެސް، ތިޔަބައިމީހުން ހިނައިގެންފުމަށް ދާންދެނެވެ. (އެބަހީ: އެޙާލަތުގައި ނަމާދާ ގާތްނުވާށެވެ!)”

﴿خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ﴾ [سورة الأعراف 31]

މާނައީ: “ތިޔަބައިމީހުން ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިވާށެވެ!”

﴿إِنَّمَا يَعْمُرُ مَسَاجِدَ اللَّـهِ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّـهَ ۖ فَعَسَىٰ أُولَـٰئِكَ أَن يَكُونُوا مِنَ الْمُهْتَدِينَ [١٨]  أَجَعَلْتُمْ سِقَايَةَ الْحَاجِّ وَعِمَارَةَ الْمَسْجِدِ الْحَرَامِ كَمَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَجَاهَدَ فِي سَبِيلِ اللَّـهِ ۚ لَا يَسْتَوُونَ عِندَ اللَّـهِ﴾ [سورة التوبة 18-19]

މާނައީ: “ﷲ ގެ މިސްކިތްތަކުގައި އަޅުކަންކޮށް އެތަން ބަލަހައްޓާނީ ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ﷲ އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެބައިމީހުންނަކީ ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ. [18] ޙައްޖުވެރިންނަށް ބޯފެންދީ، ޙުރުމަތްތެރިވެގެންވާ މިސްކިތް ފަޅުފިލުވައި، ބަލަހައްޓައިއުޅޭ މީހަކާއި، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވެ، ﷲ ގެ މަގުގައި ޖިހާދުކޮށްއުޅޭ މީހަކާ ދެމީހުން، އެއްފަދަކަމަށް ތިޔަބައިމީހުން ހަދަނީހެއްޔެވެ؟ ﷲ ގެ ޙަޟްރަތުގައި އެ ދެބައިމީހުން، ހަމަހަމައެއް ނުވާނެއެވެ.”

﴿ إِنَّ الَّذِينَ كَفَرُوا وَيَصُدُّونَ عَن سَبِيلِ اللَّـهِ وَالْمَسْجِدِ الْحَرَامِ الَّذِي جَعَلْنَاهُ لِلنَّاسِ سَوَاءً الْعَاكِفُ فِيهِ وَالْبَادِ ۚ وَمَن يُرِدْ فِيهِ بِإِلْحَادٍ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ أَلِيمٍ [٢٥] وَإِذْ بَوَّأْنَا لِإِبْرَاهِيمَ مَكَانَ الْبَيْتِ أَن لَّا تُشْرِكْ بِي شَيْئًا وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ [٢٦]﴾ [سورة الحج 25-26]

މާނައީ: “ހަމަކަށަވަރުން ކާފިރުވެ، ﷲ ގެ މަގުން (މީސްތަކުން) އެއްކިބާކޮށް އަދި އެތަނުގައި ޤާއިމުވެހުންނަ މީހާއާއި ބޭރުން އަންނަމީހާއާއި ހަމަހަމަވާގޮތުން، މީސްތަކުންނަށްޓަކައި ތިމަންއިލާހު ލެއްވި އަލްމަސްޖިދުލްޙަރާމުން (މީސްތަކުން) އެއްކިބާކޮށް އަދި އެތަނުގައި އަނިޔާވެރިކަމާއެކު ދީނާ ޚިލާފު ގޮތްތައް އުފައްދަންއުޅޭ މީހާއަށް، ތިމަންއިލާހު ވޭންދެނިވި ޢަޛާބުން ރަހަ ދައްކަވާހުށީމެވެ. [25] އިބްރާހީމުގެފާނަށް ގެފުޅު ހުންނަތަން ތިމަންއިލާހު ދެއްކެވިހިނދު ހަނދުމަކުރާށެވެ! (ތިމަންއިލާހު އެންގެވީމެވެ.) ކަލޭގެފާނު ތިމަންއިލާހަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރައްވާށެވެ! އަދި ޠަވާފުކުރާ މީހުންނަށާއި، ޤާއިމުވެ ތިބޭމީހުންނަށާއި، ރުކޫޢުކޮށް ސަޖިދަކުރާ މީހުންނަށްޓަކައި، ކަލޭގެފާނު ތިމަންއިލާހުގެ ގެފުޅު ޠާހިރުކުރައްވާށެވެ! [26]”

﴿فِي بُيُوتٍ أَذِنَ اللَّـهُ أَن تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ﴾ [سورة النور 36]

މާނައީ: “އެތަންތަނުގައި އެއިލާހުގެ ނަންފުޅު ހަނދުމަކުރުމަށާއި، އެތަންތަން މަތިވެރިކޮށް އުފުލުމަށް، ﷲ އިޛުނަދެއްވާފައިވާ ގެތަކެއްގައެވެ. (އެބަހީ: މިސްކިތްތަކެއްގައެވެ.)”

 

_______________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ