ނަމާދުކުރާގޮތް ނަންގަތް ބާބު
﴿ وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ﴾ [سورة الأعلى 15]
މާނައީ: “އަދި އޭނާގެ ރައްބުގެ އިސްމުފުޅު ޛިކުރުކޮށް، ނަމާދުކުޅަމީހާ (ކާމިޔާބުވެއްޖެކަން ކަށަވަރެވެ.)”
﴿فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّجِيمِ﴾ [سورة النحل 98]
މާނައީ: “ފަހެ، ކަލޭގެފާނު ޤުރުއާން ކިޔަވައި ވިދާޅުވާ ހިނދު، ފަހެ، ރަޙްމަތުން ބޭރުކުރައްވާފައިވާ شيطان ޝައިޠާނާގެ ކިބައިން ދުރުކުރެއްވުން އެދި، ﷲ ގެ ރައްކާތެރިކަމަށް އެދި ދަންނަވާށެވެ!”
﴿ فَاقْرَءُوا مَا تَيَسَّرَ مِنْهُ ﴾ [سورة المزمل 20]
މާނައީ: “ފަހެ، އެ ޤުރުއާނުން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ!”
﴿ إِنَّا أَنزَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ﴾ [سورة يوسف 2]
މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު އެ ފޮތް ބާވައިލެއްވީ، ޢަރަބި ބަހުންއޮތް ޤުރުއާނެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށްޓަކައެވެ.”
﴿بِلِسَانٍ عَرَبِيٍّ مُّبِينٍ﴾ [سورة الشعراء 195]
މާނައީ: “(އެ ޤުރުއާން ބާވައިލެއްވީ) ބަޔާންވެގެންވާ ޢަރަބި ބަހުންނެވެ.”
﴿وَرَتِّلِ الْقُرْآنَ تَرْتِيلًا﴾ [سورة المزمل 4]
މާނައީ: “އަދި ތަރުތީލުކޮށް ޤުރުއާން ކިޔަވައި ވިދާޅުވާށެވެ!”
﴿وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُونَ﴾ [سورة الأعراف 204]
މާނައީ: “އަދި ޤުރުއާން ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.”
﴿ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَابْتَغِ بَيْنَ ذَٰلِكَ سَبِيلًا ﴾ [سورة الإسراء 110]
މާނައީ: “އަދި ކަލޭގެފާނު ނަމާދުގައި މާއަޑުހަރުކޮށް ކިޔަވައި ވިދާޅުނުވާށެވެ! އަދި އެ ނަމާދުގައި މާ މަޑުންވެސް ކިޔަވައިވިދާޅުނުވާށެވެ! އަދި އެދޭތެރޭގެ މެދުމިން މަގެއް ކަލޭގެފާނު ޚިޔާރުކުރައްވާށެވެ!”
﴿وَقُومُوا لِلَّـهِ قَانِتِينَ﴾ [سورة البقرة 238]
މާނައީ: “އަދި ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމުވެ ތިބޭށެވެ!”
﴿فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ﴾ [سورة الأحزاب 32]
މާނައީ: “ފަހެ، ތިޔަކަނބަލުން ލޫޅާފަތި އަޑަކުން ވާހަކަ ނުދައްކާށެވެ! (އެއީ) ހިތުގެ ތެރޭގައި (ނިފާޤުގެ) ބަލިމަޑުކަމެއް ހުރި މީހަކު ދަހިވެތިވެދާނެތީއެވެ.”
﴿يَا أَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا﴾ [سورة الحج 77]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ރުކޫޢުކޮށް، ސަޖިދަކުރާށެވެ!”
﴿فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ﴾ [سورة الواقعة 74]
މާނައީ: “ފަހެ، ކަލޭގެފާނުގެ ވެރި، މާތްވަންތަ ރައްބުގެ އިސްމުފުޅުން ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ!”
﴿سَبِّحِ اسْمَ رَبِّكَ الْأَعْلَ ﴾ [سورة الأعلى 1]
މާނައީ: “ކަލޭގެފާނުގެ ވެރި، އެންމެ މަތިވެރި ރައްބުގެ އިސްމުފުޅުން ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ!”
بلوغ المرام من آيات الأحكام ގެ ތަރުޖަމާ