ސުންނަތް ނަމާދުތަކާ ބެހޭ ޙުކުމްތައް ނަންގަތް ބާބު
﴿وَمِنَ اللَّيْلِ فَتَهَجَّدْ بِهِ نَافِلَةً لَّكَ﴾ [سورة الإسراء 79]
މާނައީ: “އަދި (ފަރުޟު ފަސްނަމާދުގެ އިތުރަށް) ކަލޭގެފާނަށް ޚާއްޞަ ނަމާދެއްގެ ގޮތުގައި، ރޭގަނޑުގެ ބައެއްގައި އެ ޤުރުއާން ކިޔަވައިވިދާޅުވެ، ތަހައްޖުދު ނަމާދު ކުރައްވާށެވެ!”
﴿تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا﴾ [سورة السجدة 16]
މާނައީ: “އެބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާކުރާ ޙާލު، އެބައިމީހުންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ.”
﴿أَمَّنْ هُوَ قَانِتٌ آنَاءَ اللَّيْلِ سَاجِدًا وَقَائِمًا﴾ [سورة الزمر 9]
މާނައީ: “ރޭގަނޑުގެ ވަގުތުތަކުގައި ސަޖިދައިގައްޔާއި، ޤިޔާމުގައި މަޑުމޮޅިވެ، (ނަމާދުކުރާމީހަކު އެނޫންމީހަކާ) އެއްފަދަވާނެ ހެއްޔެވެ؟”
﴿قُمِ اللَّيْلَ إِلَّا قَلِيلًا﴾ [سورة المزمل 2]
މާނައީ: “ރޭގަނޑުގެ އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ! ވަރަށްކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ.”
﴿إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَيِ اللَّيْلِ وَنِصْفَهُ وَثُلُثَهُ﴾ [سورة المزمل 20]
މާނައީ: “ކަލޭގެފާނު، ރޭގަނޑުގެ ތިންބައިކުޅަ ދެބަޔަށްވުރެ މަދުންނާއި، އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައާއި، އަދި އެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި، ރޭއަޅުކަން ކުރެއްވުމަށް ހުންނަވާކަން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރައްބު ދެނެވޮޑިގެންވެއެވެ.”
بلوغ المرام من آيات الأحكام ގެ ތަރުޖަމާ