ޖަމާޢަތުގެ ނަމާދާއި އިމާމާބެހޭ ޙުކުމްތައް ނަންގަތް ބާބު
﴿وَارْكَعُوا مَعَ الرَّاكِعِينَ﴾ [سورة البقرة 43]
މާނައީ: “އަދި ރުކޫޢުކުރާ މީހުންނާ އެކުގައި ތިޔަބައިމީހުން ރުކޫޢުކުރާށެވެ!”
﴿وَإِذَا كُنتَ فِيهِمْ فَأَقَمْتَ لَهُمُ الصَّلَاةَ﴾ [سورة النساء 102]
މާނައީ: “އަދި އެބައިމީހުންގެ ތެރޭގައި ކަލޭގެފާނު ހުންނަވައި އެބައިމީހުންނާއިގެން ނަމާދު ޤާއިމުކުރައްވައިފިނަމަ، (އެބައިމީހުންގެ ތެރެއިން ބަޔަކު ކަލޭގެފާނާއެކުގައި ނަމާދަށް ޤާއިމުވާހުށިކަމެވެ!)”
﴿وَأَقِيمُوا وُجُوهَكُمْ عِندَ كُلِّ مَسْجِدٍ﴾ [سورة الأعراف 29]
މާނައީ: “އަދި ތިޔަބައިމީހުން ނަމާދުކުރާ ކޮންމެ ހިނދަކު، ތިޔަބައިމީހުންގެ މޫނުތައް (ޤިބުލައަށް) ސީދާ ކުރާށެވެ!”
﴿فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ﴾ [سورة الجمعة 9]
މާނައީ: “ފަހެ، ﷲ ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ!”
﴿أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًا ۚ لَّا يَسْتَوُونَ﴾ [سورة السجدة 18]
މާނައީ: “ފަހެ، މުއުމިނަކު ކަމުގައިވާ މީހާއާއި (އުރެދޭ) ފާސިޤަކު ކަމުގައިވާ މީހާ އެއްފަދަ ހެއްޔެވެ. އެ ދެބައިމީހުން އެއްވަރެއް ނުވާނެއެވެ.”
بلوغ المرام من آيات الأحكام ގެ ތަރުޖަމާ