[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 11 –

ޚައުފު (ބިރުވެރިކަމުގެ ވަގުތުގައި ކުރާ) ނަމާދުގެ ޙުކުމްތައް ނަންގަތް ބާބު

﴿فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا مِنَ الصَّلَاةِ إِنْ خِفْتُمْ أَن يَفْتِنَكُمُ الَّذِينَ كَفَرُوا ۚ إِنَّ الْكَافِرِينَ كَانُوا لَكُمْ عَدُوًّا مُّبِينًا [١٠١] وَإِذَا كُنتَ فِيهِمْ فَأَقَمْتَ لَهُمُ الصَّلَاةَ فَلْتَقُمْ طَائِفَةٌ مِّنْهُم مَّعَكَ وَلْيَأْخُذُوا أَسْلِحَتَهُمْ فَإِذَا سَجَدُوا فَلْيَكُونُوا مِن وَرَائِكُمْ وَلْتَأْتِ طَائِفَةٌ أُخْرَىٰ لَمْ يُصَلُّوا فَلْيُصَلُّوا مَعَكَ وَلْيَأْخُذُوا حِذْرَهُمْ وَأَسْلِحَتَهُمْ ۗ وَدَّ الَّذِينَ كَفَرُوا لَوْ تَغْفُلُونَ عَنْ أَسْلِحَتِكُمْ وَأَمْتِعَتِكُمْ فَيَمِيلُونَ عَلَيْكُم مَّيْلَةً وَاحِدَةً ۚ وَلَا جُنَاحَ عَلَيْكُمْ إِن كَانَ بِكُمْ أَذًى مِّن مَّطَرٍ أَوْ كُنتُم مَّرْضَىٰ أَن تَضَعُوا أَسْلِحَتَكُمْ ۖ وَخُذُوا حِذْرَكُمْ ۗ إِنَّ اللَّـهَ أَعَدَّ لِلْكَافِرِينَ عَذَابًا مُّهِينًا [١٠٢]﴾ [سورة النساء  101-102]

މާނައީ: “ކާފިރުވި މީހުން ތިޔަބައިމީހުންނަށް ގެއްލުމެއް ދީފާނެކަމަށް ބިރުގެންފިނަމަ، ނަމާދު ޤަޞްރު ކުރުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް ފާޅުވެގެންވާ ޢަދާވާތްތެރިން ކަމުގައި ކާފިރުން ވިއެވެ. [101] އަދި އެބައިމީހުންގެ ތެރޭގައި ކަލޭގެފާނު ހުންނަވާ، އެބައިމީހުންނާއިގެން ނަމާދު ޤާއިމު ކުރައްވައިފިނަމަ، އެބައިމީހުންގެ ތެރެއިން ބަޔަކު ކަލޭގެފާނާ އެކުގައި ނަމާދަށް ޤާއިމުވާހުށިކަމެވެ! އަދި އެބައިމީހުންގެ ހަތިޔާރުތައް އެބައިމީހުން ހިފާހުށިކަމެވެ! (އެބަހީ: ހަތިޔާރު އަޅައިގެންތިބެ ނަމާދުކުރާ ހުށިކަމެވެ!) ދެން، އެބައިމީހުން ސަޖިދަކޮށްފިނަމަ (އެބަހީ: ފުރަތަމަ ރަކުޢަތް ފުރިހަމަކޮށްފުމަށް ދާންދެން) ނަމާދުނުކޮށް ފާރައަށް ތިބިމީހުން އެބައިމީހުންގެ ފަހަތުގައި ތިބޭހުށިކަމެވެ! އަދި ނަމާދުނުކޮށް ތިބިމީހުން އައިސް ކަލޭގެފާނާއެކުގައި ނަމާދުކުރާ ހުށިކަމެވެ! އަދި އެބައިމީހުން ހަތިޔާރުތަކާއި ރައްކާތެރިކަމުގައި ހިފާހުށިކަމެވެ! ތިޔަބައިމީހުން ގެންގުޅޭ ތަކެއްޗާއި ހަތިޔާރުތަކާމެދު ތިޔަބައިމީހުން ޣާފިލުވާނެ ނަމައޭ ހިތައި، ކާފިރުވި މީހުން (އެކަމަށް) އެދުނެވެ. އޭރުން، އެއްފަހަރާ ލެނބިގަންނަ ލެނބިގަތުމަކުން ތިޔަބައިމީހުންގެ މައްޗަށް އެބައިމީހުން ލެނބިގެން ފާނެއެވެ. (އެބަހީ: އެއްފަހަރާ އައިސް ހަމަލާ ދީފާނެއެވެ.) ވާރެއިން ތިޔަބައިމީހުންނަށް އުނދަގުލެއް ލިބިފައިވާނަމަ ނުވަތަ ތިޔަބައިމީހުން ބަލިވެއުޅޭ ބަޔަކު ކަމުގައިވާނަމަ، ތިޔަބައިމީހުންގެ ހަތިޔާރުތައް (ނާޅައި) ބެހެއްޓުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުން ރައްކާތެރިކަމުގައި ހިފާށެވެ! ހަމަކަށަވަރުން ކާފިރުންނަށް، އިހާނާތްތެރި ޢަޛާބު، ﷲ ތައްޔާރުކުރެއްވިއެވެ. [102]”

﴿فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًا ۖ فَإِذَا أَمِنتُمْ فَاذْكُرُوا اللَّـهَ كَمَا عَلَّمَكُم مَّا لَمْ تَكُونُوا تَعْلَمُونَ﴾ [سورة البقرة 239]

މާނައީ: “ފަހެ، ތިޔަބައިމީހުންނަށް ބިރުވެރިކަމެއް މެދުވެރިވެއްޖެނަމަ، ފައިމަގުގައި ހިނގަހިނގާ ތިބެގެން ނުވަތަ ސަވާރުވެ ތިބެގެން ނަމާދުކުރާ ހުށިކަމެވެ! ދެން، ތިޔަބައިމީހުންނަށް އަމާންކަން ލިބިއްޖެނަމަ ފަހެ، ތިޔަބައިމީހުން ﷲ ހަނދުމަކުރާށެވެ! (އެބަހީ: ކުރީގައި ނަމާދުކޮށް އުޅުނުގޮތަށް ނަމާދު ކުރާށެވެ!) ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައް އެއިލާހު ތިޔަބައިމީހުންނަށް އުނގަންނައިދެއްވި ފަދައިންނެވެ.”

_______________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ