ދެ ޢީދު ނަމާދުގެ ޙުކުމްތައް ނަންގަތް ބާބު
﴿فَصَلِّ لِرَبِّكَ وَانْحَرْ﴾ [سورة الكوثر 2]
މާނައީ: “ފަހެ، ކަލޭގެފާނުގެ ވެރިރައްބަށް ނަމާދު ޤާއިމުކުރައްވާ އަދި ޤުރުބާން ކުރައްވާށެވެ!”
﴿وَلِتُكَبِّرُوا اللَّـهَ عَلَىٰ مَا هَدَاكُمْ﴾ [سورة البقرة 185]
މާނައީ: “އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެ މައްޗަށް ﷲ އަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ.”
﴿وَاذْكُرُوا اللَّـهَ فِي أَيَّامٍ مَّعْدُودَاتٍ﴾ [سورة البقرة 203]
މާނައީ: “ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައި ﷲ ހަނދުމަކޮށް (ތަކްބީރު ކިޔައި) އުޅޭށެވެ!”
އަދި سورة الحج ގެ 28 ވަނަ އާޔަތުގައިވެއެވެ.
﴿وَيَذْكُرُوا اسْمَ اللَّـهِ فِي أَيَّامٍ مَّعْلُومَاتٍ﴾ [سورة الحج 28]
މާނައީ: “އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެބައިމީހުން ﷲ ގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ.”