[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 17 –

ފިޠުރު ޒަކާތް ނަންގަތް ބާބު

﴿قَدْ أَفْلَحَ مَن تَزَكَّىٰ [۱٤] وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ [۱٥]﴾ [سورة الأعلى 14-15]

މާނައީ: “(ކުފުރުން) ޠާހިރުވެގެންފިމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ. [14] (މާނައީ: “އަދި އޭނާގެ ރައްބުގެ އިސްމުފުޅު ޛިކުރުކޮށް، ނަމާދުކުޅަމީހާއެވެ. [15]”

 

މުސްތަޙައްބުވެގެންވާ ޞަދަޤާތް ނަންގަތް ބާބު

﴿لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَـٰكِنَّ الْبِرَّ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ﴾ [سورة البقرة 177]

މާނައީ: “ހެޔޮކަމަކީ (ހަމައެކަނި) އިރުމަތި ފަރާތަށް ނުވަތަ ހުޅަނގު ފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު ހެޔޮކަންކުރާ މީހާއީ، ﷲ އަށާއި އާޚިރަތް ދުވަހަށާއި މަލާއިކަތުންނަށާއި ފޮތަށާއި ނަބިއްޔުންނަށް އީމާންވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް، ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާއި މިސްކީނުންނަށާއި (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށާއި އެހީއަށް އެދޭ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ.”

﴿يَسْأَلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَا أَنفَقْتُم مِّنْ خَيْرٍ فَلِلْوَالِدَيْنِ وَالْأَقْرَبِينَ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ﴾ [سورة البقرة 215]

މާނައީ: “މީސްތަކުން، އެބައިމީހުން ހޭދަކުރަންވީ ކޮން އެއްޗެއްތޯ ކަލޭގެފާނާ ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން މުދަލުގެ ތެރެއިން ހޭދަކުރާ އެއްޗެއް ހޭދަކުރަންވީ، މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާއި މިސްކީނުންނަށާއި (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ.”

﴿وَيَسْأَلُونَكَ مَاذَا يُنفِقُونَ قُلِ الْعَفْوَ﴾ [سورة البقرة 219]

މާނައީ: “އަދި އެބައިމީހުން ހޭދަކުރަންވީ ކޮންއެއްޗެއްތޯ ކަލޭގެފާނާ އެއުރެން ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ހޭދަކުރަންވީ) އިތުރުވީ އެއްޗެކެވެ.”

﴿مَّن ذَا الَّذِي يُقْرِضُ اللَّـهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً﴾ [سورة البقرة 245]

މާނައީ: “ހެޔޮވެގެންވާ ދަރަންޏަކުން ﷲ އަށް ދަރަނި ދޭހުށީ (އެބަހީ: ﷲއަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ. ފަހެ، ގިނަވެގެންވާ ގުނަތަކަކަށް ﷲ، އެ ދަރަނީގެ ހެޔޮ ޖަޒާ އެމީހަކަށް އިތުރުކޮށް ދެއްވާނެއެވެ.”

﴿إِن تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ ۖ وَإِن تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَّكُمْ ۚ وَيُكَفِّرُ عَنكُم مِّن سَيِّئَاتِكُمْ ۗ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ﴾ [سورة البقرة 271]

މާނައީ: “(ވާޖިބު ނޫން) ޞަދަޤާތްތައް ތިޔަބައިމީހުން ފާޅުގައި ދެނީނަމަ ފަހެ، އެއީ ނުހަނު މޮޅު ކަމެކެވެ. އަދި ތިޔަބައިމީހުން ވަންހަނާކޮށް، އެ ޞަދަޤާތްތައް ފަޤީރުންނަށް ދެނީނަމަ ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ. އަދި އެއީ ތިޔަބައިމީހުންގެ ކުށްތަކުން ބައެއް ތިޔަބައިމީހުންގެ ކިބައިން އެއިލާހު ފުއްސަވާނޭ ކަމެކެވެ. ﷲ އީ ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

﴿وَأَن تَصَدَّقُوا خَيْرٌ لَّكُمْ﴾ [سورة البقرة 280]

މާނައީ: “އަދި ތިޔަބައިމީހުން (އެ ދަރަނީން) ޞަދަޤާތްކުރުން (އެބަހީ: އެ ދަރަނި މާފުކުރުން) ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.”

﴿وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ﴾ [سورة الحشر 9]

މާނައީ: “އަދި އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް، އެބައިމީހުންނަށް އިސްކަންދެއެވެ.”

﴿وَيُطْعِمُونَ الطَّعَامَ عَلَىٰ حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا﴾ [سورة الإنسان 8]

މާނައީ: “އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް މިސްކީނުންނާއި ޔަތީމުންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެބައިމީހުން ކާތަކެތި ކާންދެއެވެ.”

﴿أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ [١٤] يَتِيمًا ذَا مَقْرَبَةٍ [١٥] أَوْ مِسْكِينًا ذَا مَتْرَبَةٍ [١٦]﴾ [سورة البلد 14-16]

މާނައީ: “ނުވަތަ ބަނޑުހައިހޫނުކަން ފެތުރިފައިވާ ދުވަހެއްގައި ކާންދިނުމެވެ. [14] ގާތްތިމާގެ ޔަތީމަކަށެވެ. [15] ނުވަތަ އަތްމަތި ދަތިވެފައިވާ މިސްކީނަކަށެވެ. [16]”

 

ޒަކާތް ބަހާނެގޮތް ނަންގަތް ބާބު

﴿إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّـهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِّنَ اللَّـهِ ۗ وَاللَّـهُ عَلِيمٌ حَكِيمٌ﴾ [سورة التوبة 60]

މާނައީ: “ހަމަކަށަވަރުން ޞަދަޤާތުގެ ތަކެތި ވަނީ ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ ޢާމިލުންނަށާއި، އެބައިމީހުންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲގެ މަގުގައްޔާއި (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. ﷲ ގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. ﷲ އީ މޮޅަށް ދެނެވޮޑިގެންވާ، ޙަކީމުވަންތަ އިލާހެވެ.”

_______________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ