[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 19 –

މުސްތަޙާއްބުވެގެންވާ ރޯދަ ނަންގަތް ބާބު

﴿فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُ ۚ وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ﴾ [سورة البقرة 184]

މާނައީ: “ފަހެ، تطوّع ގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި (ފިދްޔަ ދިނުމުގެ ބަދަލުގައި) ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ.”

އިޢުތިކާފާއި ރަމަޟާން މަހުގެ ރޭއަޅުކަން ނަންގަތް ބާބު

﴿وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ﴾ [سورة البقرة 125]

މާނައީ: “އަދި އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނަށް ތިމަންއިލާހު އެންގެވީމެވެ. ޠަވާފުކުރާ މީހުންނާއި އަޅުކަންކުރުމަށްތިބޭ މީހުންނާއި ރުކޫޢު ސުޖޫދުކުރާ މީހުންނަށްޓަކައި ތިޔަ ދެބަފައިކަލުން ތިމަންއިލާހުގެ ގެފުޅު ޠާހިރުކުރައްވާށެވެ!”

﴿وَلَا تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ ۗ تِلْكَ حُدُودُ اللَّـهِ فَلَا تَقْرَبُوهَا﴾ [سورة البقرة 187]

މާނައީ: “އަދި ތިޔަބައިމީހުން މިސްކިތްތަކުގައި اعتكاف އިޢުތިކާފަށް ތިބޭއިރު އެކަނބަލުންނާ ތިޔަބައިމީހުން ބީހި ނޫޅޭށެވެ! (އެބަހީ: ޖިމާއު ނުވާށެވެ!) އެއީ ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. ފަހެ، އެ އިންތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! (އެބަހީ: އެ އިންތައް ފަހަނައަޅައި ނުދާށެވެ!)”

﴿لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ﴾ [سورة القدر 3]

މާނައީ: “ލައިލަތުލް ޤަދްރި، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.”

_______________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ