ޙައްޖު
ޙައްޖުގެ މާތްކަމާއި އެކަން ފަރުޟުވެގެންވަނީ ކޮން ބައެއްގެ މައްޗަށްކަން ނަންގަތް ބާބު
﴿وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّـهِ ۚ﴾ [سورة البقرة 196]
މާނައީ: “ތިޔަބައިމީހުން ﷲ އަށްޓަކައި ޙައްޖާއި ޢުމްރާ ފުރިހަމައަށް އަދާކުރާށެވެ!”
އަދި އެހެން ޤިރާޢަތެއްގައި ވެއެވެ.
﴿وَالْعُمْرَةُ لِلَّـهِ﴾
މާނައީ: “ﷲ އަށްޓަކައި ޢުމްރާ އަދާކުރާށެވެ.”
﴿وَلِلَّـهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا﴾ [سورة آل عمران 97]
މާނައީ: “އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް ޤަޞްދުކޮށްގެން ދިއުމީ (އެބަހީ: ޙައްޖުވުމަކީ) ﷲ އަށްޓަކައި މީސްތަކުންގެ މައްޗަށް އޮތް ވާޖިބެކެވެ.”
﴿وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ [٢٧] لِّيَشْهَدُوا مَنَافِعَ لَهُمْ﴾ [سورة الحج 27-28]
މާނައީ: “އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރު ތަންތަނުން އެބައިމީހުން ކަލޭގެފާނުގެ އަރިހަށް އަންނާނެއެވެ. [27] އެއީ އެބައިމީހުންނަށް ހުރި (ދީނީ އަދި ދުނިޔަވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ.”
ޙައްޖުގެ ވަގުތުތައް ނަންގަތް ބާބު
﴿يَسْأَلُونَكَ عَنِ الْأَهِلَّةِ ۖ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ﴾ [سورة البقرة 189]
މާނައީ: “ހުޅެވިހަނދާމެދު ކަލޭގެފާނާ އެބައިމީހުން ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ މީސްތަކުންނަށް (އެކިއެކި ކަންކަމުގެ) ވަގުތު އެނގުމަށާއި ޙައްޖުގެ ދުވަސްތައް ފާހަގަކުރުމަށްވާ އެއްޗެކެވެ.”
﴿الْحَجُّ أَشْهُرٌ مَّعْلُومَاتٌ﴾ [سورة البقرة 197]
މާނައީ: “ޙައްޖުގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރު ތަކެކެވެ.”