ގަނެވިއްކުން
﴿لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُوا فَضْلًا مِّن رَّبِّكُمْ﴾ [سورة البقرة 198]
މާނައީ: “ތިޔަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތުން ލިބޭ ފަޟުލުވަންތަކަމެއް (އެބަހީ: ވިޔަފާރިކުރުންފަދަ ގޮތްގޮތުން ހޯދާ ތަނަވަސްކަމެއް) ހޯދަން އުޅުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ.”
﴿وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّمَ الرِّبَا﴾ [سورة البقرة 275]
މާނައީ: “(ނަމަވެސް) ވިޔަފާރި ކުރުންވަނީ ﷲ، ހުއްދަ ކުރައްވާފައެވެ. އަދި ރިބާވަނީ ޙަރާމްކުރައްވާފައެވެ.”
﴿وَأَشْهِدُوا إِذَا تَبَايَعْتُمْ﴾ [سورة البقرة 282]
މާނައީ: “އަދި ތިޔަބައިމީހުން ވިޔަފާރިއެއް ކޮށްފިނަމަ ތިޔަބައިމީހުން ހެކިކުރާށެވެ!”