[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިބްރާހީމްގެފާނުގެ ވާހަކަ – 1

ބުދު ވިއްކާ މީހާ އާއި އޭނާގެ ދަރިފުޅު

 

ތިޔަކުދިން އިބްރާހީމްގެފާނުގެ ވާހަކަ އަޑުއަހަން ހެއްޔެވެ؟

މިއަދު އަހަރެމެން ކިޔާނީ އިބްރާހީމްގެފާނުގެ ވާހަކައެވެ.

އެއީ މީގެ ވަރަށް ގިނަ އަހަރުތަކެއް ކުރިއެވެ. އިބްރާހީމްގެފާނަކީ ވަރަށް ބުއްދިވެރި ބޭކަލެކެވެ. އިބްރާހީމްގެފާނު ދިރިއުޅުއްވަމުން ގެންދެވި އަވަށުގެ މީހުންނަކީ ބުދަށް އަޅުކަންކޮށް، އެއަށް ސަޖިދަކުރާ ބައެކެވެ. މި މީހުންގެ ތެރޭގައި އިބްރާހީމްގެފާނުގެ ބައްޕަވެސް ހިމެނެއެވެ.

އިބްރާހީމްގެފާނުގެ ބައްޕައަކީ ކާކުކަން ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟

އެއީ އެ ޒަމާނުގައި އިބްރާހީމްގެފާނުގެ އަވަށުގައި އުޅުނު ވަރަށް މަޝްހޫރު މީހެކެވެ. ނަމަކީ އާޒަރެވެ. އޭނާއަކީ ބުދު ވިއްކާ މީހެކެވެ.

އިބްރާހީމްގެފާނުގެ ބައްޕައާއި އެ އަވަށުގެ އެހެން މީހުންވެސް ބުދުތަކަށް ސަޖިދަކޮށް، ބުދުތަކުގެ ކައިރީގައި ކަންކަން ކޮށްދިނުމަށް އެދޭ ތަން ފެނުމުން އިބްރާހީމްގެފާނު ވަރަށް ޢަޖައިބުވިއެވެ.

އެ ބުދުތަކަކީ ހިލައިންހަދާފައިވާ އެއްޗިއްސެއް ނޫން ހެއްޔެވެ؟

އެ އެއްޗިއްސަކަށް އެއްވެސް އަޑެއް ނީވެއެވެ. އަދި އެ އެއްޗިއްސަކަށް ވާހަކައެއްވެސް ނުދެއްކެއެވެ.

މެހިތައް އައިސް އެ ބުދުތަކުގައި ޖެއްސިޔަސް އެ ބުދުތަކަށް އެ މެހިތައް ފައްސައެއްވެސް ނުލެވެއެވެ. މީހުން އެ ބުދުތަކަށް ގެނެސްދޭ ކާއެއްޗެހި މީދާތައް އައިސް ކާންފެށުމުން، އެ ބުދުތަކަށް އެއްވެސް ކަމެއް ނުކުރެވެއެވެ. އެ ބުދުތަކަށް އެއްވެސް އެއްޗަކަށް ގެއްލުމެއްވެސް ނުދެވެއެވެ. އަދި އެއްވެސް މީހެއް ބުނާ ކަމެއް ނުކޮށްދެވެއެވެ. އިބްރާހީމްގެފާނަށް މިކަން ރަނގަޅަށް އެނގިވަޑައިގަންނަވައެވެ.

_____________________________

މަޞްދަރު: قصص النبيين للأطفال

އިބްރާހީމްގެފާނުގެ ވާހަކަ