[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިބްރާހީމްގެފާނުގެ ވާހަކަ – 3

އިބްރާހީމްގެފާނު ބުދުތައް ހަލާކުކޮށްލުން

 

ޢީދު ދުވަހަކީ ތިޔަކުދިން ވަރަށް އުފާކުރާ ދުވަހެއް ނޫން ހެއްޔެވެ؟ އެ ދުވަހު ޢާއިލާގެ އެންމެން އެއްކޮށް އެކި ތަންތަނަށް ޒިޔާރާތް ކުރަމެއް ނޫން ހެއްޔެވެ؟

އިބްރާހީމްގެފާނުގެ ޤައުމުގެ މީހުންވެސް އެބައިމީހުންގެ ޢީދު ދުވަސް ފާހަގަކުރެއެވެ. ހުރިހާ ކުޑަކުދިންނާއި ބޮޑެތިމީހުންވެސް ވަރަށް އުފާވެފައި ޢީދަށް ނުކުމެއްޖެއެވެ. މި މީހުންގެ ތެރޭގައި އިބްރާހީމްގެފާނުގެ ބައްޕަ، އާޒަރުވެސް ވިއެވެ.

ނަމަވެސް އިބްރާހީމްގެފާނު މިމީހުންނާ އެކުގައި ނުކުމެވަޑައިނުގަންނަވައެވެ. އެހެންކަމުން އިބްރާހީމްގެފާނުގެ ބައްޕަ، އެކަލޭގެފާނާއި ސުވާލުކުރިއެވެ. އަހުރެމެންނާއެކު ނުނިކުންނަން ހެއްޔެވެ؟ އިބްރާހީމްގެފާނު ވިދާޅުވިއެވެ. އާނއެކެވެ. ތިމަންކަލޭގެފާނު މިއަދު މި އުޅެނީ ބަލިވެއެވެ.

ހުރިހާ އެންމެން ޢީދަށް ނުކުތުމުން ގޭގައި ހުރީ އިބްރާހީމްގެފާނު އެކަންޏެވެ.

ދެން އިބްރާހީމްގެފާނު ކުރެއްވީ ކޮން ކަމެއްކަން ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟

އިބްރާހީމްގެފާނު އެއްކަލަ ބުދުތައް ކައިރިޔަށް ދިޔައެވެ. އަދި އެ ބުދުތަކަށް ބުންޏެވެ. ތިޔަ ބުދުތައް ވާހަކަ ނުދައްކާނަން ހެއްޔެވެ؟ މިހުރީ ކާއެއްޗެއްސާއި ބޯއެއްޗިއްސެވެ. ތިޔަ ބުދުތައް އެ އެއްޗެހި ނުކާނަން ހެއްޔެވެ؟ ނުވެސް ބޯނަން ހެއްޔެވެ؟ އެ ސުވާލުތަކަށް ބުދުތަކަށް ޖަވާބެއް ނުދެވުނެވެ.

އެ ބުދުތަކަކީ ދިރުންވާ އެއްޗެހިތަކެއް ހެއްޔެވެ؟ އެ އެއްޗިއްސަށް އަޑުއެހުމާއި ވާހަކަދެއްކުމުގެ ކުޅަދާނަކަން ލިބިގެންވޭ ހެއްޔެވެ؟

ނޫނެކެވެ. އެ ބުދުތަކަކީ ހަމައެކަނި ހިލަތަކެކެވެ. ހިލަތަކަކަށް ވާހަކައެއް ނުދެއްކޭނެއެވެ. އެއީ ވާނޭ ކަމެއް ނޫނެވެ.

އިބްރާހީމްގެފާނު މިފަދައިން ވިދާޅުވިކަމަށް ބަޔާންކުރައްވަމުން ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

﴿مَا لَكُمْ لَا تَنطِقُونَ﴾ [سورة الصافات 92]

މާނައީ: “ކަލޭމެންނަށް (ބުދުތަކަށް) ވާހަކަ ނުދެއްކެނީ ހެއްޔެވެ؟”

ތިޔަކުދިން ނިކަން ބުނެބަލާށެވެ.

އެ ބުދުތަކަށް މި ސުވާލަށް ޖަވާބު ދެވޭނެ ހެއްޔެވެ؟

ނޫނެކެވެ.

ދެން އިބްރާހީމްގެފާނުގެ ސުވާލުތަކަށް ޖަވާބު ދިނުމަށް އެ ބުދުތައް ނުކުޅެދުމުން، އިބްރާހީމްގެފާނު އެކަމާ ވަރަށް ބޮޑަށް ކޯފާވެވަޑައިގެންނެވިއެވެ. އަދި ކޯރާޑިއެއް ނަންގަވައި، ބުދުތަކުގައި އެ ކޯރާޑިން ޖެއްސެވިއެވެ. އަދި އެ ބުދުތައް ހަލާކުކޮށްލެއްވިއެވެ. އެންމެ ބުދެއް ފިޔަވައެވެ. އެއީ އެތަނުގައި ހުރި އެންމެ ބޮޑު ބުދެވެ. އިބްރާހީމްގެފާނު އެ ބުދުގައި ކޯރާޑި އެޅުއްވިއެވެ.

_____________________________

މަޞްދަރު: قصص النبيين للأطفال

އިބްރާހީމްގެފާނުގެ ވާހަކަ