[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިބްރާހީމްގެފާނުގެ ވާހަކަ – 4

ބުދުތަކަށް ގެއްލުން ދިނީ ކާކު؟

 

ޢީދަށް ބޭރަށް ނުކުތް މީހުން އެނބުރި އަތުވެއްޖެއެވެ. އެ އެންމެން އަޅުކަންކުރުމަށްޓަކައި ބުދު ބަހައްޓާފައި ހުންނަ ތަނަށް އައިސް ވަދެއްޖެއެވެ. އެބައިމީހުންނަށް ފެނުނު މަންޒަރުން އެބައިމީހުން ހައިރާންވިއެވެ.

އެބައިމީހުން އަޅުކަންކުރާ ބުދުތައްވަނީ ހަލާކުކޮށްލާފައެވެ. އެ ރަށުގެ މީހުން ވަރަށް ބޮޑަށް ރުޅިއައެވެ.

އެ ބުދުތަކަށް ގެއްލުން ދޭން ކެރުނީ އެމީހުންގެ ތެރެއިން ފަހެ ކާކަށް ހެއްޔެވެ؟

﴿قَالُوا مَن فَعَلَ هَـٰذَا بِآلِهَتِنَا إِنَّهُ لَمِنَ الظَّالِمِينَ﴾ [سورة الأنبياء 59]

މާނައީ: “އެބައިމީހުން ބުންޏެވެ. ތިމަންމެން އަޅުކަންކުރާ ތަކެއްޗަށް މިހެން ހެދީ ކާކު ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް އެ މީހަކުވަނީ އަނިޔާވެރިންގެ ތެރެއިންނެވެ”.

﴿قَالُوا سَمِعْنَا فَتًى يَذْكُرُهُمْ يُقَالُ لَهُ إِبْرَاهِيمُ﴾ [سورة الأنبياء 60]

މާނައީ: “އެބައިމީހުން ބުންޏެވެ. އިބްރާހީމް އޭ ކިޔާ ޒުވާނަކު އެ އެ ތަކެއްޗަށް އެއްޗެހި ކިޔާ އަޑު ތިމަންމެން އެހީމެވެ.”

﴿قَالُوا أَأَنتَ فَعَلْتَ هَـٰذَا بِآلِهَتِنَا يَا إِبْرَاهِيمُ﴾ [سورة الأنبياء 62]

މާނައީ: “އެބައިމީހުން ބުންޏެވެ. އޭ އިބްރާހީމްގެފާނެވެ! އަހަރުމެން އަޅުކަންކުރާ ތަކެއްޗަށް މިހެން ހެދީ ކަލޭގެފާނު ހެއްޔެވެ؟”

﴿قَالَ بَلْ فَعَلَهُ كَبِيرُهُمْ هَـٰذَا فَاسْأَلُوهُمْ إِن كَانُوا يَنطِقُونَ﴾ [سورة الأنبياء 63]

މާނައީ: “އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކިއެއް ހެއްޔެވެ! އެކަންތައް ކުރީ އެ ބުދުތަކުގެ ތެރެއިން މި ބޮޑު ބުދެވެ. ފަހެ، އެ ބުދުތައް ވާހަކަ ދައްކާ ކަމުގައިވާނަމަ، ތިޔަބައިމީހުން އެ ބުދުތަކާއި ސުވާލު ކުރާށެވެ”!

އެ ބުދުތަކަކީ ވާހަކަ ނުދެއްކޭ، އަޑުވެސް ނީވޭ ހިލަތަކެއްކަން އެބައިމީހުންނަށް އެނގެއެވެ. އެތަނުގައި ހުރި އެންމެ ބޮޑު ބުދަކީވެސް ހަމަ އެފަދަ ހިލަގަނޑެކެވެ. އެ ބުދަކަށް ނުހިނގެއެވެ. އެއަށް އެއްވެސް ޙަރަކާތެއްވެސް ނުކުރެވެއެވެ.

ދެން އެ ބޮޑު ބުދަށް އެހެން ބުދުތައް ހަލާކު ކުރުމުގެ ކުޅަދާނަކަން ލިބޭނީ ކިހިނަކުން ހެއްޔެވެ!

އެމީހުން އިބްރާހީމްގެފާނަށް ވިދާޅުވިއެވެ. ބުދުތަކަށް ވާހަކަ ނުދެއްކޭކަން ކަލޭގެފާނަށްވެސް އެނގިވަޑައިގަންނަވާ ނޫން ހެއްޔެވެ؟

އިބްރާހީމްގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. އެ ބުދުތަކަށް އެއްވެސް ގެއްލުމެއް އަދި ފައިދާއެއްވެސް ދިނުމުގެ ބާރެއް ލިބިފައިނުވާ އިރު ތިޔަބައިމީހުން އެއަށް އަޅުކަން ކުރަނީ ހެއްޔެވެ؟

އެ ބުދުތަކަށް އެއްވެސް އެއްޗެއް އަޑުނީވޭ އިރުވެސް ތިޔަބައިމީހުން އޭގެ ކައިރިން ކަންކަމަށް އެދެނީ ހެއްޔެވެ؟

މި ސުވާލުތަކަކަށް އެބައިމީހުންނަކަށް އެއްވެސް ޖަވާބެއް ނުދެވުނެވެ.

_____________________________

މަޞްދަރު: قصص النبيين للأطفال

 

އިބްރާހީމްގެފާނުގެ ވާހަކަ