[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 26 –

ސަލަމާއި ދަރަންޏާއި ރަހުނު ނަންގަތް ބާބު[1]

 

﴿ يَا أَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنتُم بِدَيْنٍ إِلَىٰ أَجَلٍ مُّسَمًّى فَاكْتُبُوهُ﴾ [سورة البقرة 282]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަނޑައެޅި އެނގިގެންވާ މުއްދަތަކަށް ތިޔަބައިމީހުން ދަރަންޏެއްގެ މުޢާމަލާތެއް ކޮށްފިނަމަ ފަހެ، އެ ދަރަންޏެއް ތިޔަބައިމީހުން ލިޔާށެވެ!”

﴿مَّن ذَا الَّذِي يُقْرِضُ اللَّـهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً﴾ [سورة البقرة 245]

މާނައީ: “ހެޔޮވެގެންވާ ދަރަންޏަކުން ﷲ އަށް ދަރަނި ދޭހުށީ (އެބަހީ: ﷲ އަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ، ގިނަވެގެންވާ ގުނަތަކަކަށް ﷲ، އެ ދަރަނީގެ ހެޔޮ ޖަޒާ އެމީހަކަށް އިތުރުކޮށް ދެއްވާނެއެވެ.”

އަދި سورة الحديد ގެ 11 ވަނަ އާޔަތުގައިވެސް އެފަދައިން ވެއެވެ. އަދި سورة المزمل ގެ 20 ވަނަ އާޔަތުގައިވެއެވެ.

﴿وَأَقْرِضُوا اللَّـهَ قَرْضًا حَسَنًا ۚ وَمَا تُقَدِّمُوا لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ اللَّـهِ هُوَ خَيْرًا وَأَعْظَمَ أَجْرًا﴾

މާނައީ: “އަދި ރިވެތިވެގެންވާ ދަރަނި ދިނުމަކުން ތިޔަބައިމީހުން ﷲ އަށް ދަރަނިދޭށެވެ! (އެބަހީ: ﷲ އަށްޓަކައި ހޭދަކުރާށެވެ!) އަދި ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި އިސްކުރާ ކޮންމެ ކަމެއްގެ ޘަވާބު ﷲ ގެ ޙަޟްރަތުގައި ހެޔޮކަން ބޮޑުވެގެންވާތީއާއި ދަރުމަ ބޮޑުވެގެންވާތީ ތިޔަބައިމީހުންނަށް ފެންނާނެއެވެ.”

﴿وَإِن كُنتُمْ عَلَىٰ سَفَرٍ وَلَمْ تَجِدُوا كَاتِبًا فَرِهَانٌ مَّقْبُوضَةٌ﴾ [سورة البقرة 283]

މާނައީ: “ތިޔަބައިމީހުން (ދަރަނީގެ މުޢާމަލާތެއް ކުރާހިނދު) ދަތުރެއްގެ މަތީގައިވެފައި ލިޔާނެ މީހަކު ތިޔަބައިމީހުންނަށް ނުލިބުނުނަމަ ފަހެ، އަތުގައި ބާއްވާ ރަހުނެއް ދޭހުށިކަމެވެ!”

 

_______________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ

 

 

[1] ސަލަމަކީ: އިސްކޮށް ދެވޭ މުދަލެއްގެ ބަދަލުގައި، ކަނޑައެޅިގެންވާ ވަކި އެއްޗެއް ފަހުން ދިނުމަށް ވެވޭ ވިޔަފާރީގެ އެއްބަސްވުމެކެވެ.