[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިބްރާހީމްގެފާނުގެ ވާހަކަ – 7

ﷲއީ ތިމަންކަލޭގެފާނުގެ ރައްބެވެ!

 

އިބްރާހީމްގެފާނާއި އަހަރެމެންގެ ރައްބަކީ އަވަހާރަވުމެއް ނުވާ، އަބަދަށް ދިރިދެމިވޮޑިގެންވާ ﷲ އެވެ. އެއިލާހީ އަބަދުމެ އަހަރެމެންގެ ކަންތައް ބައްލަވާ ވޮޑިގެންވާ އިލާހެވެ. އެއިލާހީ ހުރިހާ ކަމަކަށްވެސް ކުޅަދުންވަންތަވެވޮޑިގެންވާ، އެންމެހާ ބާރެއް މިލްކުވެގެންވާ އިލާހެވެ. ހަނދާއި، އިރާއި އަދި ތަރިތަކަކީވެސް ﷲ ތަޢާލާ އުފެއްދެވި އެއްޗެހިކަން އިބްރާހީމްގެފާނަށް އެނގިވަޑައިގެންނެވިއެވެ.

ﷲ ތަޢާލާ އިބްރާހީމްގެފާނަށް ތެދުމަގު ދެއްކެވިއެވެ. އަދި އެކަލޭގެފާނު ރަސޫލުބޭކަލެއްގެ ގޮތުގައި ލެއްވިއެވެ. އެހިނދު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ﷲ ތަޢާލާ ގެ ދީނަށް ގޮވާލައްވާ، ބުދުތަކަށް އަޅުކަންކުރުން މަނާކުރެއްވުމަށް އެކަލޭގެފާނަށް ﷲ ތަޢާލާ އަމުރުކުރެއްވިއެވެ.

_____________________________

މަޞްދަރު: قصص النبيين للأطفال

އިބްރާހީމްގެފާނުގެ ވާހަކަ