[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިބްރާހީމްގެފާނުގެ ވާހަކަ – 11

މައްކާއަށް ވަޑައިގަތުން

 

އިބްރާހީމްގެފާނު ދެކެ އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއި ރަސްގެފާނާ އަދި އެކަލޭގެފާނުގެ ބައްޕަވެސް ރުޅިއައެވެ. އެކަލޭގެފާނު ﷲގެ ދީނަށް ގޮވާލައްވާ، އެކަލާނގެއަށް އަޅުކަންކުރެއްވުމަށްޓަކައި، އެކަލޭގެފާނުގެ އުފަން ރަށް ދޫކޮށްލައްވާ، އެހެން ރަށަކަށް ވަޑައިގަންނަވަން ޤަޞްދު ކުރެއްވިއެވެ. އަދި އެކަލޭގެފާނު ދަތުރުކުރެއްވިއެވެ.

މިގޮތުން އެއް ދަތުރުފުޅެއްގައި އެކަލޭގެފާނު މައްކާއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި އެދަތުރުފުޅުގައި އެކަލޭގެފާނުގެ އަނބިކަނބަލުން ހާޖަރާއި ތުއްޕުޅު ދަރިކަލުން އިސްމާޢީލުގެފާނުވެސް ގެންދެވިއެވެ.

ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟

މިހާރު މައްކާ ހުންނަ ގޮތާއި އޭރު މައްކާ ހުރި ގޮތް ވަރަށްވެސް ތަފާތެވެ. އޭރު އެއީ ހަނަފަސް ބިމެކެވެ. އެތަނުގައި އެއްވެސް ގަހެއް ނެތެވެ. އަދި އެތަނުން ފެނުގެ އަސަރެއްވެސް ފެންނާކަށް ނެތެވެ. އެ ބިމުގައި އެއްވެސް ދިރުމެއް ނުވެއެވެ.

ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟

ﷲ، އިބްރާހީމްގެފާނަށް އަމުރު ކުރެއްވީ އެކަލޭގެފާނުގެ އަނބިކަނބަލުން، ހާޖަރާއި ދަރިކަލުން އިސްމާޢީލްގެފާނު މައްކާއަށް ދޫކުރައްވާފައި ވަޑައިގެންނެވުމަށެވެ. އެ އަމުރުފުޅަށް ތަބަޢަވުމަށްޓަކައި އެދެމައިން ދޫކުރައްވާ ވަޑައިގަންނަވަން ޤަޞްދުކުރެއްވި ހިނދު ހާޖަރުގެފާނު އެކަލޭގެފާނަށް ދެންނެވިއެވެ.

ކަލޭގެފާނު ތިޔަ ވަޑައިގަންނަވަނީ ކޮންތަނަކަށް ހެއްޔެވެ؟ އަހަރުމެން ދެ މައިން މިތަނަށް ދޫ ކޮށްލައްވަނީ ހެއްޔެވެ؟ ﷲ ކަލޭގެފާނަށް ތިކަމަށް އަމުރު ކުރެއްވީ ހެއްޔެވެ؟

އެހިނދު އިބްރާހީމްގެފާނު ވިދާޅުވިއެވެ.

އާނއެކެވެ.

ދެން ހާޖަރުގެފާނު ދެންނެވިއެވެ.

އެހެންވިއްޔާ ﷲ އަހަރެމެން ގެއްލެނި ނުކުރައްވާނެއެވެ.

_____________________________

މަޞްދަރު: قصص النبيين للأطفال

އިބްރާހީމްގެފާނުގެ ވާހަކަ