[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިބްރާހީމްގެފާނުގެ ވާހަކަ – 12

ޒަމްޒަމް ވަޅު

އިބްރާހީމްގެފާނު އެ ދެމައިން ދޫކުރައްވާފައި ވަޑައިގެންނެވި ފަހުން، އިސްމާޢީލްގެފާނު ވަރަށް ބޮޑަށް ކަރުހިއްކަވަން ފެއްޓެވިއެވެ. އެހެންކަމުން ތުއްޕުޅު އިސްމާޢީލްގެފާނަށް ދެއްވާނޭ ފެން ފޮދެއް ލިބޭތޯ ހާޖަރުގެފާނު މަސައްކަތްކުރެއްވިއެވެ. ނަމަވެސް ފެނުގެ އަސަރެއްވެސް ނުވާ މައްކާއިން ފެންފޮދެއް ހޯދުންވީ ހާޖަރުގެފާނަށް އުނދަގޫކަމަކަށެވެ. ފެންފޮދެއް ފެނޭތޯ އެކަމަނާ ޞަފާ ފަރުބަދައާއި މަރުވާ ފަރުބަދައާ ދެމެދުގައި ބާރަށް ދުވަމުން ގެންދެވިއެވެ.

ދެންވީ ގޮތް ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟

ﷲ ތަޢާލާ ހާޖަރުގެފާނާއި އިސްމާޢީލްގެފާނަށް ފެން ލިބޭނެ މަގެއް ދެއްކެވިއެވެ. އެ ދެމައިންނަށްޓަކައި، އެ ހަނަފަސް ބިމުން ފެން އާރެއް ނެރުއްވިއެވެ. އަދި އެތަނުގައި އެ ފެން ޖަމާވިއެވެ. ދެން ހާޖަރުގެފާނާއި އިސްމާޢީލްގެފާނު އެ ފެނުން ފެން ހިއްޕެވިއެވެ.

އެއީ ކޮން ފެނެއްކަން ތިޔަކުދިން ބުނެބަލާށެވެ.

އެއީ އެ ފެނުގައި ﷲ ތަޢާލާ ބަރަކާތް ލެއްވި، ޒަމްޒަމް ފެނެވެ. އަދި އެއީ މި ބިންމަތީގައިވާ އެންމެ ރަނގަޅު ފެނެވެ. އެ ފެން ވަނީ އެ ފެން ބުއިކަމަކަށެވެ. ކަރުހިއްކައިގަތުމުން އެބޮއެފިނަމަ ކަރުހިއްކުން ފިލައެވެ. އަދި ބަނޑުހައިވުމުން ބޮއެފިނަމަ ބަނޑުފުރެއެވެ. އަދި އެ ފެނަކީ ބަލިތަކަށްޓަކައިވާ ޝިފާއެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ޙައްޖާއި ޢުމްރާއަށް ދާ މީހުން، މައްކާއިން އެނބުރި އެމީހެއްގެ ރަށަށް ދާއިރު އެ ފެން ގެންދެއެވެ. އަދި އެބައިމީހުން މައްކާގައި ތިބޭއިރުގައި އެ ފެން ބޮއެވެ.

_____________________________

މަޞްދަރު: قصص النبيين للأطفال

އިބްރާހީމްގެފާނުގެ ވާހަކަ