އިސްޙާޤުގެފާނު
ތިޔަކުދިން ސާރާގެފާނުގެ ވާހަކަ އަޑުއަހަމު ހެއްޔެވެ؟
އެއީ އިބްރާހީމްގެފާނުގެ ފުރަތަމަ އަނބިކަނބަލުންނެވެ. އެކަމަނާގެ ކިބައިން އިބްރާހީމްގެފާނަށް ދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެ ދަރިކަލުންނަކީ އިސްޙާޤުގެފާނެވެ. އިބްރާހީމްގެފާނު ދިރިއުޅުއްވީ އިސްޙާޤުގެފާނާއެކު ޝާމްގައެވެ. އިސްޙާޤުގެފާނުގެ ދަރިފަސްކޮޅުން ވަރަށް ގިނަ ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ވަޑައިގެންނެވިއެވެ.
އިސްޙާޤުގެފާނުގެ ދަރިކަލުން، ޔަޢުޤޫބްގެފާނަށް ﷲ ތަޢާލާ ބާރަ ދަރިން ދެއްވިއެވެ. ޔޫސުފްގެފާނަކީ ވެސް އޭގެ ތެރެއިން އެއް ބޭކަލެކެވެ.
ކޮއްކޮމެންނަށް އެކަލޭގެފާނުގެ ވާހަކަ އެނގޭ ހެއްޔެވެ؟
އެއީވެސް ވަރަށް ރީތި ވާހަކައެކެވެ.
=ނިމުނީ=
_____________________________
މަޞްދަރު: قصص النبيين للأطفال