[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 27 –

ބަނގުރޫޓުވުމާއި ޙަޖްރުކުރުން ނަންގަތް ބާބު

 

﴿وَإِن كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَىٰ مَيْسَرَةٍ ۚ وَأَن تَصَدَّقُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ﴾ [سورة البقرة 280]

މާނައީ: “އަދި (ދަރަނިވެރިޔާއަކީ) އަތްމަތި ދަތި މީހަކު ކަމުގައިވާނަމަ ފަހެ، (އެމީހާއަށް) ތަނަވަސްކަމެއް ލިބެންދެން (އޭނާއަށް) މުހުލަތު ދޭ ހުށިކަމެވެ! އަދި ތިޔަބައިމީހުން (އެ ދަރަނީން) ޞަދަޤާތްކުރުން (އެބަހީ: އެ ދަރަނި މާފުކުރުން) ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭ ކަމުގައި ވާނަމައެވެ.”

﴿وَلَا تُؤْتُوا السُّفَهَاءَ أَمْوَالَكُمُ الَّتِي جَعَلَ اللَّـهُ لَكُمْ قِيَامًا وَارْزُقُوهُمْ فِيهَا وَاكْسُوهُمْ وَقُولُوا لَهُمْ قَوْلًا مَّعْرُوفًا [٥] وَابْتَلُوا الْيَتَامَىٰ حَتَّىٰ إِذَا بَلَغُوا النِّكَاحَ فَإِنْ آنَسْتُم مِّنْهُمْ رُشْدًا فَادْفَعُوا إِلَيْهِمْ أَمْوَالَهُمْ﴾ [سورة النساء 5-6]

މާނައީ: “އަދި ދޯދިޔާ މީހުންނަށް، (އެބަހީ: ވިޔާނުދާ ޚަރަދުކޮށް، އިސްރާފުކޮށް އުޅޭމީހުންގެ އަތަށް) ތިޔަބައިމީހުންގެ އަތުގައިވާ އެބައިމީހުންގެ މުދާތައް ނުދޭށެވެ! އެ މުދަލަކީ ދިރިއުޅުން ހިފަހައްޓައިދެނިވި ބާރެއްކަމުގައި ﷲ ތިޔަބައިމީހުންނަށް ލައްވާފައިވާ އެއްޗެކެވެ. އަދި ތިޔަބައިމީހުން އެއިން، އެބައިމީހުންނަށް ކާންދޭށެވެ! އަދި އެބައިމީހުންނަށް އަންނައުނު ދޭށެވެ! އަދި ތިޔަބައިމީހުން އެބައިމީހުންނަށް ހެޔޮބަސް ބުނާށެވެ! [5] އަދި ތިޔަބައިމީހުން ޔަތީމު ކުދިންގެ ގޮތް ބަލާށެވެ! އެކުދިން ކައިވެނި ފުރާވަރަށް ދާންދެނެވެ. ފަހެ، (މުދަލާމެދުގައި) ބުއްދި ފުރިހަމަކަން އެބައިމީހުންގެ ކިބައިން ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، އެބައިމީހުންގެ މުދާތައް އެބައިމީހުންނަށް ދޭށެވެ!”

_______________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ